ސަލަފުން މިފަހުން އދ މާމިގިލީގައި ބޭއްވި ދަރުހުގެ ތެރެއިން... ފޮޓޯ: ސަލަފް
ދީން
05 Mar 2026 | 23:36
މި ހަފްތާ ބަންދުގައި ސަލަފުގެ ދަރުސްތައް 12 ރަށެއްގައި

ކުރިއަށް މި ދާ ބަރަކާތްތެރި ރަމަޟާން މަހު ހަފްތާ ބަންދުގައި ޖަމްއިއްޔަތުން ސަލަފުގެ ފަރާތުން ހިންގާ ދީނީ ހެލުންތެރިކަމުގެ ޕޮރޮގުރާމު 12 ރަށެއްގައި މި ހަފްތާ ބަންދުގައި ކުރިއަށް ގެންދާނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

އެ ޖަމްޢިއްޔާގެ މީސް މީޑިޔާގެ މަންސަތުގައި ހާމަކޮށްފައިވާ ގޮތުން މި ހަފްތާ ބަންދުގައި ސަލަފުގެ ޢިލުމުވެރިން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި ،ހދ.މަކުނުދޫ، ކުމުންދޫ ، ކުޅުދުއްފުށި ސިޓީ، ނ. ޅޮހި ، ނ. ކުޑަފަރި، ރ.މީދޫ، ބ.ދަރަވަންދޫ، ބ.ދޮންފަނު، ޅ.ހިންނަވަރު، ކ.ގާފަރު، ދ.ރިނބުދޫ އެވެ.

މި ދަރުސްތައް ދެއްވުމަށް 11 ޢިލުމުވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރަމަޟާން މަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށްދާ ސަލަފު ފޯރަމް މިހަފްތާގައި އޮތީ ހދ.މަކުނުދޫގައެވެ.

މީގެ އިތުރުން މި ހަފްތާގެ ޕޮރޮގްރާމުގައި ބ.ދަރަވަންދޫ ކައުންސިލާ ގުޅިގެން އެރަށުގައި އުަޅޭ ބަގްލަދޭޝް ރައްޔިތުން ބަންގާޅު ބަހުން އެ ޤައުމުގެ ޢިލުމުވެރިއެއް ލައްވާ ޚާއްޞަ ދަރުހެއް އޮންނާނެ ކަމަށްވެސް ސަލަފުން މަޢުލޫމާތު ދެއްވައެވެ.

ރަމަޟާން މަސް ފެށިގެން މި ހަފްތާ ބަންދާ ހަމައަށް 17 ރަށެއްގައި ސަލަފުންވަނީ ދީނީ ހޭލުންތެރިކަމުގެ ޕޮރޮގްރާމުތައް ހިންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް