މިނިސްޓަރު ޝިޔާމް މިރޭގެ ހަފްލާގައި ވާހަކަދައްކަވަނީ..
ހަބަރު
06 Mar 2026 | 00:02
އައްޑޫސިޓީގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމުމަކަށް އަންނާނެ: ޝިޔާމް

އައްޑޫސިޓީގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ނިމުމަކަށް އަންނާނޭކަމަށް އަދުގެ ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ މާލެސިޓީގައި ބޭއްވި އައްޑޫސިޓީގެ މާލޭ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާގައި އައްޑޫސިޓީ ކައުންސިލަށް ނިސްބަތްކުރައްވައި ޝިޔާމް ވިދާޅުވީ، އެ ސިޓީގައި އޮތް އެމްޑީޕީގެ ރަސްކަން މިފަހަރު ނިމުމަކަށް އަންނާނޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް އައްޑޫ ސިޓީގައި އެތައް އަހަރަކު އޮތްއިރުވެސް އެއްވެސްކަމެއް ހާސިލްނުވާކަމަށެވެ. 

އެގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއްގެ އިތުރުން ވެރިކަމެއް ނިމިގެންދިޔައިރު އައްޑޫސިޓީއަށް ކޮށްދިނީ ކޮންކަމެއްތޯ މިނިސްޓަރު ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ. ޝިޔާމް ވިދާޅުވީ، އެމްޑީޕީން މިއަދު އައްޑޫސިޓީގެ ކަރަންޓާއި އަދި ނަރުދަމާ ނިޒާމްގެ ވާހަކަދައްކަވަން ލަދުގަންނަން ޖެހޭނޭކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި އައްޑޫސިޓީއަށް އެކަންކަން ކޮށްދީފައި އޮތްނަމަ މިއަދު އެގޮވާގޮވުންތައް ގޮވަން ނުޖެހުނީސްކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ރަސްކަމެއް ނިމޭއިރުގައި އެބޭފުޅުން އެދައްކަވަނީ ފެނާ ނަރުދަމާގެ ވާހަކަ، އެބޭފުޅުން އެދައްކަވަނީ ކަރަންޓު ކެނޑޭވާހަކަ، އެބޭފުޅުން އެދައްކަވަނީ މަގުތަކުގެ ވާހަކަ. އަޖައިބެއް ނޫންތޯ މީ؟

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މިނިސްޓަރު ވިދާޅުވީ އައްޑޫސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި ދެން އެންމެ ބައިބޯ ސަރަހައްދު ކަމަށާއި، އައްޑޫސިޓީ ތަރައްޤީކުރާނޭ ގޮތުގެ ތަސައްވުރެއް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި އެބައޮތްކަމަށެވެ. އެގޮތުން ކުރިއަށް މިއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރައްޔިތުން އެ ފުރުސަތު ޕީއެންސީއަށް ދީފިނަމަ އެކަމުގެ ތަފާތު ދައްކަވާނޭކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ނިމިގެންދިޔައިރު އައްޑޫސިޓިއަށް ކަމެއް ކޮށްދީފައި ނުވިނަމަވެސް، އައްޑޫ ސިޓީގައި ހުރި ޒަމާންވީ މަައްސަލަތައް ހައްލު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުއިއްޒުގެ މެނިފެސްޓޯގައި ކަންކަން ކުރުމަށް ރާވާފައި އެބައޮތްކަމަށެވެ. 

މިރޭގެ ހަފްލާގައި އައްޑޫސިޓީގެ މާލޭ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.