އީރާން ރައީސް ސައުދީގެ އިސް ބޭފުޅަކާއެކު --
ދުނިޔެ
06 Mar 2026 | 00:22
އެމެރިކާގެ ހަމަލާތަކަށް އެހީތެރިވެ ނުދޭން ނިންމުމުން އީރާނުގެ ޝުކުރު ސައުދީއަށް

އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފަށާފައިވާ ހަނގުރާމާގައި އީރާނަށް ހަމަލާ ދޭން ސައޫދި އަރަބިއްޔާގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭން އެ ގައުމުން ނިންމު ނިންމުމަށް ތައުރީފުކޮށް އީރާނުން އެ ގައުމަށް ޝުކުރު އަދާކޮށްފި އެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުން ސައުދީއަށް ކަނޑައަޅާފައިވާ ސަފީރު އަލީ ރިޒާ ވިދާޅުވި ގޮތުގައި އެމެރިކާ އިން ފަށާާފައިވާ ހަނގުރާމާގައި އީރާނަށް ހަމަލާ ދޭން ސައޫދި އަރަބިއްޔާގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭން އެ ގައުމުން ނިންމު ނިންމުމަކީ ހިތްވަރު ގަދަ ނިންމުމެކެވެ. އެ ނިންމުމަށްޓަކައި ރިޒާ ވަނީ ސައޫދީގެ ވެރީންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން ރިޒާ ވަނީ ސައުދީގެ ރިޔާޒްގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާ ދިނީ އިރާނުން ކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ރިޒާ ވިދާޅުވީ އެމެރިކާއާ އިޒްރޭލުން ފެށި ހަނގުރާމާގައި އިރާނުން މިހާރު ކުރަމުންދަނީ ދިފާއުވުމުގެ މަސައްކަތެވެ.

އަދި އެމެރިކާގެ ބޭސްތަކަށް ހަމަލާދޭނެ ކަމަށާ އެ ހަމަލާތަކުގެ ޒިންމާ ވެސް ނަގާނެ ކަމަށެވެ. ނަމަވެސް އެމެރިކާއާ އިޒްރޭލުން ކުރާހާ ތުހުމަތަކަށް އެ ގައުމުން އެއްބަސް ނުވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވި ގޮތުގައި ރިޔާޒްގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަަމަލާ ދިނީ އީރާނުންނެއް ނޫނެވެ. މީގެ ކުރީން ވެސް ބެލެވިފައި އޮތީ އެއީ އެހެން ބަޔަކު ދިން ހަމަލާއެއް ކަމަށެވެ.

އިޒްރޭލާއި އެމެރިކާއިން ބޭނުންވި ގޮތަށް ހަނގުރާމައިން ކުރި ނުލިބުމުން ޔަހޫދީން އިސްވެ ދަނީ ނުބައި އަމަލުތަކެއް ހިންގަމުންނެވެ. އެގޮތުން އަރަބި ގައުމުތަކުގެ މުހިންމު ތަންތަނަށް ހަމަލާދީ އެއީ އީރާނުން ކުރި ކަމެއް ކަމަށް ދައްކާ އެ ގައުމާއި އިސްލާމީ އެހެން ގައުމުތަކާއި ދެކޮޅުވެރި ކުރުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.