އިމާމުގެ ހުކުރު ކުރައްވާ ބައެއް ޚަތީބުން
ހަބަރު
06 Mar 2026 | 00:39
ތާރީހީ ދުވަހެެއް: މާލޭގެ 26 މިސްކިތެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

މާދަމާ މާލޭގެ 26 މިސްކިތެއްގައި ހުތުބާދީ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ މާދަމާ އަކީ ވަރަށް އުފާވެރި އެހާމެ ތާރީހީ ދުވަހެއް ކަމަށެވެ. ޒުވާން ޚަތީބުން, މާދަމާ މާލެ ސިޓީގެ 26 މިސްކިތެއްގައި ޚަތީބުންގެ ގޮތުގައި ހުކުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި މާލޭގެ އެންމެ ބޮޑެތި މިސްކިތްތައް ހިމެނެ އެވެ. އެގޮތުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ވެސް ހިމެނެ އެވެ.

* އަލްޙާފިޒް އަބްދުالله ބިން އިމްޖާދު - އިސްލާމީ މަރުކަޒު

* އަލްޙާފިޒް މުހައްމަދު ހަނޫން ހުސައިން - ސަލްމާން މިސްކިތް

މިއީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ޒުވާން ޚަތީބަކު އިމާމުވެ ހުކުރު ކުރާ ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ވިދާޅުވީ މި ހުރިހާ ޚަތީބުންނަކީ ވެސް އިލްމީ އަދި ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ޒުވާން ޚަތީބުން ކަމަށެވެ.

މި ފުރުސަތު އެ ޒުވާނުންްނަށް ދޭން ބޭނުންވަނީ އެ ކުދިންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީ ކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެކުދީންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށް ދިނުމާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ކަމުގައި ވެސް ވިދާޅުވި އެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ތިން ބުރެއްގެ މަތީން ޚާއްސަ ޕްރަގްރާމްތަކެއް ހިންގާފަ އެވެ. އެ ޕްރަގްރާމްތަކުން މިހާތަނަށް 503 ޚަތީބުން ވަނީ ތަމްރީނު ކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގައި 500 ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ.

މިހާރުވެސް މާލޭގެ އެކި މިސްކިތްތަކާއި އަތޮޅުތެރޭގެ އެކި މިސްކިތްތަކުގައި ޒުވާން ޚަތީބުން ދަނީ އިމާމުވެ ނަމާދު ކުރަމުންނެވެ. ހުކުރު ޚުތުބާ ދިނުމާއި އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގައި ވެސް ޒުވާން ޚަތީބުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ