އިއްތިހާދު އެއާވެސްގެ ފްލައިޓެއް
ހަބަރު
06 Mar 2026 | 12:20
އިއްތިހާދު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށަނީ

އެމެރިކާ-އީރާން ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭޒްގެ ދަތުރުތައް، މިއަދުން މި މާޗުމަހުގެ 19 އަށް ވަކި ޚާއްޞަ މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ. އަލުން ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

އިއްތިހާދު އެއާވޭޒްއިން ހާމަކުރި ގޮތުގައި، މި ދަތުރުތައް އަލުން ފަށަން ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައެވެ.

މި މުއްދަތުގައި އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި މާލޭގެ އިތުރުން ލަންޑަން، ނިއުޔޯކް، ފްރެންކްފަޓް، މިލާން، ޕެރިސް، ޓޮރޮންޓޯ، ކުއާލަލަމްޕޫރު، ކޮލަމްބޯ އަދި ބެންކޮކް ފަދަ ސިޓީތައް ހިމެނެއެވެ.

ނަމަވެސް، މި ދަތުރުތަކުގެ ބޭރުން އަބޫދާބީއަށް ކުރަން ހަމަޖެހިފައިވާ އެހެން ހުރިހާ ޝެޑިއުލް ފްލައިޓްތަކެއް އަދިވެސް އޮތީ މެދުކަނޑާލާފައެވެ. އެހެންކަމުން، އެއާލައިނުން ސީދާ ގުޅައިގެން ނުވަތަ ދަތުރު ކަށަވަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން މީހުން އެއާޕޯޓަށް ނުދިއުމަށް އެ އެއާލައިނުން އިލްތިމާސްކުރެއެވެ.

އިއްތިހާދުން ބުނެފައިވާ ގޮތުން، ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދީގެން ޖާގަ ހަމަޖައްސައިދިނުމުގެ މަސައްކަތް އެ އެއާލައިނުން ދަނީ ކުރަމުންނެވެ. މިގޮތުން:

28 ފެބްރުއަރީގެ ކުރިން ޓިކެޓް ނަގާފައިވާ އަދި 21 މާޗުއާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، އެއްވެސް އިތުރު ފީއަކާ ނުލައި 15 މެއި 2026 ގެ ކުރިން ދަތުރުގެ ތާރީޚު ބަދަލުކުރެވޭނެއެވެ.

10 މާޗްއާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، ދަތުރު ކެންސަލްކޮށް ރީފަންޑަށް އެދުމުގެ ފުރުސަތު އޮންލައިން ފޯމު މެދުވެރިކޮށް ނުވަތަ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ލިބޭނެއެވެ.

އިއްތިހާދު އެއާވޭޒްއިން އިތުރަށް ބުނީ، ކޯލް ސެންޓަރުތަކަށް ބާރުބޮޑުވެފައިވާތީ، ރީފަންޑަށް އެދޭ ފަރާތްތަކުން އޮންލައިން ފޯމު ބޭނުންކުރުމަކީ އެންމެ އަވަސް މަގު ކަމަށެވެ.

އަދި ދަތުރުގެ ކުރިން އެއާލައިންގެ ވެބްސައިޓުން ފްލައިޓްގެ ހާލަތު ޗެކްކުރުމަށާއި، ބުކިންގައިވާ ކޮންޓެކްޓް މައުލޫމާތު އަދާހަމަކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.