މާލޭ މިސްކިތެއްގައި ނަމާދު ކުރާނީ
ދީން
06 Mar 2026 | 12:57
އިސްލާމީ އުންމަތަށް ނަޞްރެއް ލިބޭނީ އެކަތިގަނޑަކަށްވެގެން: ޚުތުބާ

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ނަޞްރާއި ފަތަޙަ ލިބޭނީ މުޅި އުންމަތް އެކަތިގަނޑަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާ ގުޅޭގޮތުން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުތުބާގައި ވަނީ އިސްލާމީ އަޚުވަންތަކަމާއި، ޒަކާތުގެ މުހިންމުކަމާއި، ޒުވާނުންގެ ދައުރާ ގުޅޭގޮތުން އަގުހުރި ނަސޭހަތްތަކެއް ދީފައެވެ.

ޚުތުބާގައި ފާހަގަކުރިގޮތުގައި، އިސްލާމީ އުންމަތް މިއަދު ގުނަމުންދަނީ ތާރީޚީ ގޮތުން ނުރައްކާތެރި ދުވަސްތަކެކެވެ. ދުޝްމަނުން ދަނީ އުންމަތް ބައިބައިކޮށް، އިސްލާމީ ޤައުމުތަކުގައި ލޭއޮހޮރުވުންތައް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ޙާލަތެއްގައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް، މަތިވެރި އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ބައިބައިވުމަކީ އުންމަތް ބަލިކަށިވާނެ ކަމެއްކަން ހަނދާންކޮށްދީ، މުޞީބާތްތަކުގެ ކުރިމަތީގައި ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރުމަށް ވަނީ ގޮވާލާފައެވެ.

ރަމަޟާން މަހަކީ ދީލަތިކަމާއި ހޭދަކުރުމުގެ މައްސަރުކަން ފާހަގަކޮށް، ފަހު ދިހައިގެ ދުވަސްތަކުގައި ޞަދަޤާތްކުރުން ގިނަކުރުމަށް ޚުތުބާގައި ބާރުއެޅިއެވެ. ވަކިން ޚާއްޞަކޮށް، ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެކަމަށް އަވަސްވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަން ހަނދާންކޮށްދެމުން، އޭގެ މިންވަރަކީ ބޮލަކަށް ޞާޢެއް ނުވަތަ މިޒަމާނުގެ މިނުން ނަމަ 2 ކިލޯ 400 ގުރާމުކަން ޚުތުބާގައި ބަޔާންކުރިއެވެ.

ޚުޠުބާގައި އިތުރަށް ބުނީ، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށްޓަކައި ޒުވާން ޖީލު އިޚުލާޞްތެރި ޢަޒުމަކާއެކު ތެދުވަންޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ނޭއްގާނީ ޢަމަލުތަކުން އެއްކިބާވެ، ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަށް ޒުވާނުންނަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ޢިލްމާއި ފަންނިއްޔާތުގެ ގޮތުން ކުރިއަރައިދިއުމަކީ މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބޭނެ މަގުކަމުގައި ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.