ރޮއްވާފަ ލޯތައް ލަވަ
ހަބަރު
06 Mar 2026 | 13:16
ދިވެހިން ރޮއްވާލި ”ރޮއްވާފަ ލޯތައް“ ލަވައަށް އެއް މިލިއަން ވިއުސް

އިސްލާމިކް ރިދަމްގެ ފަރާތުން ނެރުނު އަސަރުގަދަ ލަވަ "ރޮއްވާފަ ލޯތައް" އަށް އެއް މިލިއަނަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރި މި ލަވައަށް މިހާތަނަށް 1,014,337 ވިއުސް ލިބިފައިވާއިރު، 2,500 އަށްވުރެ ގިނަ ލައިކްސް ވެސް ވަނީ ލިބިފައެވެ.

އެހީ ޖަމިއްޔާގެ އެހީތެރިކަމާއެކު އާންމުކުރި މި ލަވައިގެ އޯޑިއޯ ރިކޯޑިންގ ހަދާފައިވަނީ ހުސައިން ތައުފީޤެވެ. އަދި މި މަދަހައިގެ ފުރިހަމަ ވީޑިއޯ ތައްޔާރުކޮށްފައިވަނީ އޯކޭޒް އިންކްގެ ފަރާތުންނެވެ.

މޫސާ ޝިފާއުގެ އަސަރުގަދަ އަޑުން ކިޔާފައިވާ މި މަދަހައަކީ އިސްލާމިކް ރިދަމްގެ ފައުންޑަރު އަޙްމަދު ރިފާޢުގެ މަންމަ، އާބިދާ އަބްދުالله އަށް ޚާއްސަކޮށްފައިވާ މަދަހައެކެވެ. ރިފާޢުގެ މަންމަ ނިޔާވެފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މި ލަވައިގެ ޅެމުން ކިޔައިދެނީ މަންމަ ވަކިވުމުން ދަރިންނަށާއި މުޅި އާއިލާއަށް ލިބިގެންދާ ފުން ހުސްކަމާއި ފަޅުކަމުގެ ވާހަކައެވެ. މަންމަ ވަކިވެދިޔަ ނަމަވެސް، މަންމަ ހުންނަ ކަމުގެ އިހްސާސް ކުރެވޭ ހިނދު، އެ މަންމަ ހަގީގަތުގައި ދުނިޔޭގައި ނެތްކަން ގަބޫލުކޮށް އެ ހަގީގަތާ ކުރިމަތިލާންޖެހޭ ވަގުތު ދަރިންނަށް ކުރެވޭ ފުން ހިތާމަ ޅެމުގައި ވަރަށް ރީތިކޮށް ސިފަކޮށްދީފައިވެއެވެ.

މީގެ އިތުރުން، މަންމަގެ ފަހު ވަގުތުތަކާއި، ބަލިހާލުގައި އެ މަންމަ ދެއްކި ކެތްތެރިކަމުގެ ނަމޫނާވެސް ޅެމުގައި ވަނީ ގެނެސްދީފައެވެ. މަންމަ ވަކިވުމުގެ ޚަބަރާއެކު ލިބުނު ވޭނާއި، ކަފުންކޮށް ވަޅުލީ ވަގުތު އާއިލާއިން ތަހައްމަލުކުރި ހިތްދަތިކަން ގެނެސްދީފައިވަނީ އަޑުއަހާލާ ކޮންމެ މީހަކުވެސް ހަގީގަތުގައި ރޮއްވާލާފަދަ އަސަރުގަދަ ގޮތަކަށެވެ.

ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ މޫސާ ޝިފާއުގެ އަސަރުގަދަ ކިޔުމާއި ވީޑިއޯއިން ފެންނަ މަންޒަރުތަކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރިފާޢު ވަނީ މީގެ ކުރިންވެސް މަންމައާ ގުޅޭ މަގުބޫލު ގިނަ ޅެންތަކެއް ހަދާފައެވެ. އޭގެ ތެރޭގައި އަލީ ރަމީޒު ކިޔާފައިވާ "ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި"، މޫސާ ޝިފާއުގެ "މަގޭ ލޯބި މަންމާ، މަށަށް މާފުދީ" އަދި ޝަލަބީގެ "މަންމާ ތިއީ އަސްލީ ހިތް މަގޭ" ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.