ބަންޑާރަ މިސްކިތް
ހަބަރު
06 Mar 2026 | 16:44
ބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް އަޅަން ފަންޑު ލިބިއްޖެ، ރޯދައިގެ ފަހުން ފަށަނީ

ބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް އަޅަން ފަންޑު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާމަކުރައްވާފަ އެވެ. މީޑިއާތަކަަށް ފޮނުވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ.

އަދި މިކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ވަނީ ހަމަޖެހިފައި ކަމުގައި ވިދާޅުވި އެވެ.

ޒިކުރާ މިސްކިތް

އަދި ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ވެސް ދީލަތި އެހީ ހަމަޖެހިފައިވާ ކަމަށެވެ. މި މިސްކިތެއް އެޅުމަށްޓަކައި މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅުމަށް އެހީދޭ ފަރާތުން އެދިފައިވާ ކަމަށް ވިދާޅުވި އެވެ. ރޯދަ މަސް ނިމުމުން ވަގުތީ މިސްކިތް ތަޅާލައި ޢަމަލީ މަސައްކަތް ފަށާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިއާއެކު މާލެގެ ބޮޑެތި ހުރިހައި މިސްކިތެެއް އާވެގެން ދާނެ އެވެ.

ޒިކުރާ މިސްކިތް އައުކުރަން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ޔާމީން ސަރުކާރުގައި އެ މަސައްކަތް ހަވާލުކުރީ އެސްޖޭއޭއާ އެވެ. ނަމަވެސް ބައު މިސްކިތް ތަޅާލުން ފިޔަވާ އެހެން ކަމެއް ނުވެ އެވެ. ފަހުން ސަރުކާރަށް ޖެހުނީ އަނެއްކާ ވަގުތީ މިސްކިތެއް ހަދާށެވެ.

އޭގެ ފަހުން އެކަމުގެ ބަދަލެއް ގޮތު އެސްޖޭއަށް ހުޅުމާލޭގައި މިސްކިތެއް އަޅަން ހަވާލުކުރި އެވެ. އެކަމަކު އެ މަސައްކަތް ވެެސް ކަނޑައެޅި އެތައް ތާރީހަކަށް ވެސް ނިންމާ ނުލެވުނެވެ.

ކޮމެންޓް
Ali Ibrahim
މީ 100 އަހަރު ވެފަ އިން މިސްކިތެއް ކީއްކުރަންބާ؟ މިމީހުން މި ތެޅި ބާލަނީ؟
06 Mar 2026
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.