ޝެހޭ.. ފޮޓޯ: އެފްބީ
ހަބަރު
07 Mar 2026 | 10:09
މަޝްހޫރު ޓިކްޓޮކް ތަރި ޝެހޭ، އެފްޑީސީގެ ފްލެޓެއް ބޮޑުއަގުގައި ކުއްޔަށްދޭން އުޅުނު މައްސަލައެއް ބަލަނީ

މީހުންގެ ހައްޤުތައް ހޯދައިދިނުމުގައި ޓިކްޓޮކުން ފާހަގަވި ޝެހެނާޒް މޫސާ (ޝެހޭ) ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓެއް އުސޫލާ ހިލާފަށް ކުއްޔަށް ދޭން އުޅުނު މައްސަލައެއް ފާހަގަކުރެވިގެން ބަލަން ފަށައިފިއެވެ.

މިކަން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ސޯޝަލް މީޑިއާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ. ހަމްދާން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދޭން އުޅުނު މައްސަލައެއް އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އުސޫލްތަކާ މުޅިން ހިލާފް އެ މައްސަލަ، އެފްޑީސީގެ ޓީމުން މިހާރު އެ މައްސަލަ ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޝެހޭ އެފްބީގައި ކުރިޕޯސްޓް

ހަމްދާން ވިދާޅުވީ، ސޯޝަލް ހައުސިން ޔުނިޓްގެ އެގްރިމެންޓްގައި ވާގޮތުން މިއީ އުސޫލްތަކާއި ހިލާފް ކަމެއްކަމަށާއި، އެފަދަކަމެއް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އެފަރާތެއް 50،000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވި އެގްރީމެންޓްވެސް ނިމުމަކަށް ގެނެވިދާނޭފަދަ އަމަލެއްކަމަށެވެ.

ޝެހޭ ސޯޝަލް މީޑިއާގައި ކުއްޔަށް ދިނުމަށް އިސްތިހާރު ޖަހާފައިވަނީ އަމާން ދޯދީގެ ޓަވަރެއްގެ އެޕާޓްމެންޓެކެވެ. މިއީ ކުއްޔަށް ދިނުން މަނާ އެޕާޓްމަންޓްތަކެއްކަމަށް ސަރުކާރުގެ އިތުރުން އެފްޑީސީންވެސް އަންނަނީ ކުރިންސުރެ ބުނަމުންނެވެ. ޝެހޭގެ ޕޯސްޓަށް ބަލާއިރު، އެ ޕޯސްޓްގައި ގުޅަންވީ ނަމްބަރެއްގެ ގޮތުގައި ޖަހާފައި ވަނީ އޭނާގެ އެކުވެރި އަދި ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ރުހުޝާ (ރޭޑިއޯ) ގެ ނަމްބަރެވެ. 

ޝެހޭގެ ޕޯސްޓްގައިވާގޮތުން ފަރުނީޗަރު ނެތް 3 ރޫމުގެ އެ އެޕާޓްމަންޓް ކުއްޔަށްދޭ އަގެއްގެ ގޮތުގައި ޖަހާފައިވަނީ މަހަކު 23،000 ރުފިޔާއެވެ. އަދި އެއްމަހުގެ އެޑްވާންސް އަގަކީވެސް 23،000 ރުފިޔާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެހޭ ކުއްޔަށް ދިނުމަށް ޖަހާފައިވަނީ އެފްޑީސީގެ އަމާންދޯދީގެ ޓަވަރެއްގައި ހިމެނޭ އެޕާޓްމަންޓެކެވެ. އެފްޑީސީން އެތަނުގެ ވެރިފަރާތަށް ކުއްޔަށްދީފައިވަނީ 10،500 ރުފިޔާއަށެވެ.

އެފްޑީސީން ވަނީ މީގެ ކުރިންވެސް 4،000 ހައުސިން ޔުނިޓް ތެރޭގައި ހިމެނޭ އެޕާޓްމަންޓެއް ބޮޑުއަގުގައި ކުއްޔަށްދޭން އުޅުނު މައްސަލައެއް ބަލަންފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.