މެޗުން މޮޅުވުމުން ރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ރެއާލް މެޑްރިޑް
ކުޅިވަރު
07 Mar 2026 | 11:41
ފަހުވަގުތު ވަލްވާޑް ކާމިޔާބުކޮށްދިން ލަނޑުން ރެއާލަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރިމެޗް ހަނިގޮތަކަށް ރެއާލުން ކާމިޔާބުކޮށްފިއެވެ.

ސެލްޓަ ވީގޯގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް އެޓީމުގެ މައްޗަށް ރެއާލުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީ ރެއާލުންނެވެ. އެއީ މެޗްގެ 11 ވަނަ މިނެޓް ތެރޭގައި ޗޫމޭނީ އެވެ.

ރެއާލުން ލީޑް ނަގާފައިވަނިކޮށް ސެލްތަ ވީގޯގެ އިގްލޭސިއަސް ވަނީ އޭގެ ދެ މިނެޓް ފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. 

ދެވަނަ ހާފްގެ ކުޅުން ފަށައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނަގޅު ފުރުސަތުތައް ހޯދާފައެވެ. ހާއްސަ ގޮތެއްގައި މެޗް ޑޮމިނޭޓްކުރަމުންދިޔަ ރެއާލްއަށް ވަނީ ރަނަގޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ވަލްވާޑް އެވެ. 

ރޭގެ މެޗުން ރެއާލަށް ތިން ޕޮއިންޓް ލިބުނުއިރު އެޓީމާ އެންމެ ވާދަވެރި ބާސެލޯނާ ތާވަލްގެ އެއްވަނާގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތަކުންނެވެ. ނަމަވެސް ރެއާލުން އެއްމެޗް އިތުރަށް ކުޅެފައި އޮތުން ބާސެލޯނާ ދެން ކުޅޭ މެޗުން އެޓީމް މޮޅުވެއްގެ ނަމަ 4 ޕޮއިންޓްގެ ކުރިއެރުމެއް ލިބޭނެއެވެ. ލަލީގާގައި ބާސެލޯނާ ދެން ނިކުންނާނީ އެތްލެޓިކް ކްލަބާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.