އެމެރިކާގެ ވައިގެ ހަމަލާއެއް އީރާނުގެ އާއްމުން ސަރަހައްދަކަށް އަމާޒުވެފައި... ފޮޓޯ: ރޮއިޓާސް
ދުނިޔެ
07 Mar 2026 | 12:23
އެމެރިކާ އާއި އިސްރާއީލްގެ ވައިގެ ހަމަލާތައް އަމާޒުކުރަނީ އާއްމު ސަރަހައްދުތަކަށް: އީރާން

އެމެރިކާ އާއި އިސްރާއީލުން ފޮނުވާ ވައިގެ ހަމަލާތައް އަމާޒުކުރަނީ އީރާނުގެ އާއްމު ސަރަހައްދުތަކަށް ކަމަށް އެޤައުމުިގެ އޮފިޝަލުން ތުހުމަތުކޮށްފިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީއަށް މައުލޫމާތު ހިއްސާކުރަމުން އީރާނުގެ އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ އެންމެފަހުން މިއަދު އަފްޝާން ޕްރޮވިންސަށް ދިން ހަމަލާތައްވެސް އަމާޒުކޮށްފައިވަނީ އާއްމުން ދިރިއުޅޭ ސަރަހައްދުތަަކށް ކަމަށެވެ. އެގޮތުން މިއަދުގެ ހަމަލާތަކުގައި އެކަނިވެސް 8 މީހެއްގެ ފުރާނަ ގެއްލި އެތައްބަޔަކު ޒަހަމްވެފައިވާކަމަށް ވިދާޅުވިއެވެ. 

އަފްޝާން ޕްރޮވިންސްގެ ގަވަރުނަރު އޮފީހުގެ އޮފިޝަލް އަކްބަރު ސަލައިހީ ވިދާޅުވީ ޓެރަރިސްޓުން މިއަދު ދިން ހަމަލާތަކުިގައި ފުރާނަ ގެއްލުނު އާއްމު ރައްޔިތުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ދެ ދުވަހުގެ މަތިން ދިން ހަމަލާތަކުގައި އެ ޕްރޮވިންސްގެ އާއްމުން ދިރިއުޅެމުންދިޔަ އެތައް ތަނަކަށް ހަމަލާދީފައިވާކަމަށެވެ.

އީރާނުގައި ނުރައްކާތެރި ފަނާކުރަނިވި ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެމެރިކާ އަދި އިސްރާއީލުން އިސްވެ ދޭންފެށި މި ހަމަލާތަކުގައި އެންމެ ފުރަތަމަ ބިމާ ހަމަކޮށްލި ތަންތަނުގެ ތެރޭގައި އީރާނުގެ އަންހެންކުދިންނަށް ހާއްސަ ސްކޫލެއް ހިމެނެއެވެ.

އީރާނުގެ އަންހެންކުދިންގެ ސްކޫލަށް ދިން ހަމަލާގައި ފުރާނަ ގެއްލުނު ދަރިވަރުންގެ ހަށިތައް ވަޅުލުމުގެ މަސައްކަތް ކުރިއަށްްްގެންދަނީ.. ފޮޓޯ: ރޮއިޓާސް

އެ ހަމަލާގައި 160 ހަށްވުރެ ގިނަ ދަރިވަރުންގެ ފުރާނަ ގެއްލުނުއިރު، އދ ގެ ކަމާ ބެހޭ އިދާރާއިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ.

އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ގެންދަނީ މެދުނުކެނޑި އެމެރިކާގެ ބޭސްތަކަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީގެ ފުރާނަ ގެއްލުވާލުން ފިޔަވައި އެމެރިކާ އަދި އިސްރާއީލަށް ހާސިލްވި މާބޮޑު ކަމެއް ނެތްކަމަށް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.