ޤަތަރުއެއާވޭސް.. ފޮޓޯ: ޤަތަރު އެއާވޭސް
ދުނިޔެ
07 Mar 2026 | 15:33
ޤަތަރު އެއާވޭސްއިން ބައެއް ޤައުމުތަކަށް ވަގުތީގޮތުން ދަތުރުތައް ފެށުމަށް ނިންމައިފި

ޤަތަރު އެއާވޭސްއިން ހަމަދު އިންޓަރނޭޝަނަލް އެއާޕޯޓުން ދަތުރުތައްކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ބައެއް ޤައުމުތަކަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ޤަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނީ ބައެއް ޤައުމުތަކަށް އުދުހުންތަް ބޭއްވުމަށް ނިންމި ނަމަވެސް ދަތުރުތައް ކުރުމަށް ނިންމާފައިވަނީ ވަރަށް ލިމިޓެޑްކޮށް ކަމަށެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި ލަންޑަން، ޕެރިސް، މެޑްރިޑް، ރޯމް، ފްރެންކްފަާޓް އަދި ބެންކޮކަށް އުދުހުންތައް ބޭއްވުމަށް ތާވަލްކޮށްފައިވާކަމަށް އެ އެއާލައިނުން ބުންޏެވެ.

މި ދަތުރުތައް ކުރުމުގެ ހުއްދަ ލިބުނީ ޤަތަރުގެ ސިވިލް އޭވިއޭޝަނަށް ވަގުތީ ގޮތުން ދަތުރުތަކެއް ކުރުމަށް ބޭނުންވާކަމަށް  ހުށަހެޅުމުންނެވެ. ޤަތަރު އެއާވޭސްއިން ބުނީ މިއީ ޤަތަރަށް އަންނަން ތިބި ދަތުރުވެރިންނަށް ހާއްސަކޮށް ބާއްވާ ފްލައިޓެއް ކަމަށެވެ. މިއީ ޝެޑިއުލްކޮށް ކުރާ ދަތުރުތަކެއް ނޫންކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ. އެ އެއަރލައިނުން ހާމަކުރި ގޮތުގައި، މި ދަތުރުތައް ބޭއްވުމަށް ނިންމީ ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަތުރުކުރުމަށް ރައްކާތެރި މަގެއް އޮތްކަން ކަށަވަރުކޮށް، އެކަމަށް ބޭނުންވާ ވަގުތީ ހުއްދަ ދިނުމާ ގުޅިގެންނެވެ. 

އެމެރިކާ އަދި އިސްރާއީލުން އީރާނަށް ދޭންފެށި ވައިގެ ހަމަލާތަކާ ގުޅިގެން ގަލްފް ޤައުމުތަކުގެ ވައިގެ ދަތުރުފަތުރުގެ ބޮޑުބައެއް އޮތީ އަދިވެސް ހުއްޓިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.