އީރާނުގެ އަސްކަރިއްޔާ އޮޕަރޭޝަނަކަށް ތައްޔާރުވަނީ.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
07 Mar 2026 | 21:43
ޤައުމުގެ ތެރޭގައި ތިބި އަދުއްވުންނަށް އީރާނުގެ އިންޓަލިޖަންސް މިނިސްޓްރީގެ އިންޒާރެއް

އީރާނުގެ އިންޓަލިޖެންސް މިނިސްޓްރީން، އެޤައުމުގައި ދިރިއުޅެމުންދާ އަދުއްވުންނަށް ވަރުގަދަ އިންޒާރެއް މިއަދު ދީފިއެވެ.

އެމެރިކާ އަދި އިސްރާއީލުން އިސްވެ މިދިޔަ ހަފްތާގެ ހޮނިހިރުދުވަހު އީރާނަށް ދިން ވައިގެ ހަމަލާތަކާއެކު އެޤައުމުން ވަނީ، އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލާފައެވެ. އީރާނުގެ އިންޓަލިޖަންސް މިނިސްޓްރީން ވަނީ، މި ދަނޑިވަޅުގައި އެޤައުމުގެ ސަލާމަތަށް ފުށުއަރާ އެއްވެސް ކަމެއް އެއްވެސް ފަރާތެއްގެ ކިބައިން ޝައްކުކުރެވޭ ނަމަ، އެކަން ވަގުތުން މެސެޖް ކުރުމަށް އަންގާފައެވެ. އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އެޤައުމުން ދަނީ އެތެރޭގެ ނެޓްވަރކް ބޭނުންކޮށްގެން ޓެކްސްޓް މެސެޖްގެ ހިދުމަތް ދެމުންނެވެ.

މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި އެމެރިކާ އަދި އިސްރާއީލަށް ވާގިވެރިވުމުގެ ގޮތުން އެއްވެސް ސިފައެއްގައި އެހީތެރިވެދީފިނަމަ އެމީހަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނޭކަމަށެވެ. އެމެރިކާ އަދި އިސްރާއީލުން ފެށި ހަނގުރާމަ ދެވަނަ ހަފްތާއަކަށް ފެށިފައިވާއިރު، ދުޝްމަނުންނަށް އެހީވުމަށް އީރާނުގެ ތެރޭގައި ބައެއް ފަރާތްތަކުން ވާގިވެރިވެފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެގޮތުން އެމެރިކާ-ޒަޔަނިސްޓް ކުލީ ސިފައިންގެ" ބަޔަކު މިސައިލް އެރި ތަންތަން ފޮޓޯނަގައި، އެ މަންޒަރުތައް ގައުމުން ބޭރުގައި ހިންގާ "ޓެރަރިސްޓް ސެޓެލައިޓް ނެޓްވޯކްތަކަށާއި" އިންޓަނެޓް ޕޭޖުތަކަށް ފޮނުވަމުންދާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.