ޢަބްދުﷲ ޝާހިދު އެމްޑީޕީ އައްޑޫސިޓީއަށް ނިސްބަތްވާ މެމްބަރުންތަކަކާއެކު.. ފޮޓޯ: އެމްޑީޕީ
ހަބަރު
08 Mar 2026 | 17:01
ސިޔާސީ ކަންކަމަކީ ފިރިހެނުންގެ ކަމެކޭ ހީވެފައި އޮންނަ އޮތުން މިއަދު ބަދަލުވެއްޖެ: ޝާހިދު

ސިޔާސީ ކަންކަމަކީ ފިރިހެނުންގެ ކަމެކޭ ހީވެފައި އޮންނަ އޮތުން މިއަދު ބަދަލުވެގެން ހިނގައްޖެ ކަމަމަށާއި، ދިވެހި އަންހެނުންގެ ކިބާގައިވެސް މިއަދު ސިޔާސީ ޖޯޝާއި ފޯރި ހުރިކަން މިއަދު ހާމަވާކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، މިއަދު ވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވަފިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރިއާ ހިލާފަށް މިހާރު އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް އަންހެނުންނަށް ޚާއްސަ ގޮނޑިތަކާއި އތމ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބުކުރުމުން އެކަމުގެ ފައިދާ މިހާރު ފެންނަމުންދާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަންހެނުންގެ ބަސް އޮންނަން ޖެހޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގައި އެމްޑީޕީގެ ދައުރަށްވެސް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އަކީ މީސް ކޮޅު މަދު، ކުޑަ ޤައުމެއް ކަމުގައި ވިޔަސް މި ދިވެހި ތާރީޚުގައި އަންހެނުން އަދާކުރި އިސް ދައުރު ފާހަގަކުރެވޭކަމަށާއި އަންހެނުން ވެރިކަން ކުރިކަމަށެވެ. އަދި ޤައުމުގެ މުހިންމު އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައި ހުރި އިރު، އިޤްތިޞާދީ ދާއިރާތަކުގައި، ޤައުމު ބިނާކުރުމުގައި އަންހެނުން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ޤައުމުގެ ތާރީޚާއި ސަޤާފަތް ރައްކާތެރިކުރުމުގައިވެސް އަންހެނުން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އަންހެން ކެންޑިޑޭޓުންނާއެކު ޝާހިދު ބޭއްވެވި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސާ ޙިސާން ޙުސެންއާއި، އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒޭނާ އާދަމް އަދި އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ މަރިޔަމް އީމާ ޝަފީޤްވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ކައުންސިލް ގޮނޑިތަކުގެ އިތުރުން އެހެން ގޮނޑިތަކަށްވެސް އަންހެން ބޭފުޅުން ކުރިމަތިލެއްވިކަމީ އަދި ކުރިން އތމ ކޮމިޓީގައި ތިއްބެވި ބައެއް ބޭފުޅުން ކައުންސިލަށް ކުރިމަތިލެއްވި ކަމީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރަށްރަށުގައި އުފެދިގެން އަންނަ އަންހެން ބޭފުޅުންގެ ލީޑަރޝިޕް ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތްޕުޅަށް ރޮޒޭނާ ތަޢުރީފްކުރެއްވިއެވެ.

އެމްޑީޕީގެ ނައިބު ރައީސާ ޙިސާން ޙުސެންގެ ވާހަކަފުޅުގައި، އަންހެނަކަށް ވީތީ ސިޔާސީ މަސްރަހުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަކު އަނެކަކު ގުޅިގެން، ހިތްވަރު ދީގެން މަސައްކަތްކުރުމަށް ކެންޑިޑޭޓުންނަށް ގޮވާލެއްވިއެވެ. އަދި އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންނަކީ ސިޔާސީ މަސައްކަތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި، ވަރަށް ހިތްވަރުގަދަ ބޭފުޅުންކަން ހިސާން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ކުރިއެރުމުގައިވެސް އަންހެނުންގެ ހިއްސާއަކީ ބަލައިނުގަނެ ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އޮންލައިނުކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މެމްބަރުން ބައިވެރިވިކަމަށް އެމްޑީޕީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.