ކޮންގްރެސް ޕާޓީގެ ވިމެންސް ވިންގްގެ މާހެފުމުގެ ހަރަކާތުގެ ތެރެއިން..
ހަބަރު
08 Mar 2026 | 17:20
މަތީ ފަންތީގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މި ސަރުކާރުން ވަނީ އިތުރުކޮށްދީފައި: ޕީއެންސީ ވިމެންސް ވިންގު

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަންހެނުން ބާރުވެރިކުރުވުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ކޮންގްރެސް ޕާޓީގެ އަންހެނުންގެ ވިންގުން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޕީއެންސީ ވިމެންސް ވިންގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކޮށްފައިވާކަމަށެވެ.

ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކުރަމުން މި ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ވިޔަފާރީގެ މައިދާނަށް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ ލޯނު ސްކީމުތައް ތައާރަފުކޮށް، ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރިއަށް ނެރެފައިވާ ކަމަށެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްގެ މަގާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރެވޭ މަގާމެއްގެ ގޮތުގައި ހަމަޖައްސައި، އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލުގެ ބަޖެޓުން ޑަބްލިއުޑީސީތަކަށް ދޭ ފައިސާގެ ނިސްބަތް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ އެންމެ މަތީ ފަންތީގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ވެސް އިތުރު ކުރެވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނުގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނައިން އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި ކަމަށެވެ.

މި އަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން ބާއްވާ ޚާއްސަ ހަރަކާތް ރަމަޟާން މަހަށްފަހު ބާއްވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.