ރައީސް ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ
ހަބަރު
08 Mar 2026 | 23:39
ސޯލިހް ރައީސް ޑރ.މުއިއްޒަށް؛ ހާލަތު އޮޅުވާނުލައި ރައްޔިތުންނަށް ރަނގަޅަށް ކިޔައިދީ

މެދުއިރުމަތީޣައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް ހާލަތު ރައްޔިތުންނަށް އޮޅުވައި ނުލައި ސާފުކޮށް ބަޔާންކޮށްދޭން ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން އެ ސަރަހައްދު ވަނީ ހަނގުރާމައިގެ ހާލަތަށް ބަދަލުވެފައެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި ވަނީ ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތެއް އޭރު އަދި ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްޓޮކްގައި ތެއޮ ހުރިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލެސިޓީގެ މެނިފެސްޓޯ ލޯންޗުކުރުމަށް އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ރައީސް ޑރ.މުއިއްޒު ދެއްކެވި ބައެއް ވާހަކަތަކަށް ރައްދުދީ، މިކަމުގައި ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން ނުދާކަމަށް ތުހުމަތު ކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮތް ޤައުމެއްކަމަށާއި، މިފަދަ ހާލަތެއްގައި އެންމެ މުހިންމީ، ތެދު މަޢުލޫމާތު ރައްޔިތުންނަށް ދެމުންގެންދިއުން ކަމަށެވެ. 

ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ދެ ހަފްތާއަކުން ރާއްޖެއަށް ތެޔޮ އުފުލާ ބޯޓެއް ނައިއްސިނަމަ ރާއްޖޭގެ ތެލުގެ ސްޓޯރޭޖް 10 ދުވަހާ ފަ15 ދުވަހާ ދޭތެރެއަށް ތިރިވެގެން ދާނޭ ކަމަށާއި، ރާއްޖޭގައި ދުވާލަކަށް 1.1 މިލިއަން ލީޓަރާ 2 މިލިއަން ލީޓަރާ ދޭތެރޭ ތެއޮ ބޭނުންކުރަމުންދާކަމަށެވެ.

އެހެންވީމާ މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް، އުނދަގޫތައް ރައްޔިތުންނަށް ހާމަކޮށްދޭން އެބަޖެހޭ. މިއަދު ތެޔޮ ފީފާއެއްގެ އަގަކީ 97 ޑޮލަރާ 95 ޑޮލަރާ ދޭތެރޭ. ހަނގުރާމަ ފެށުނުއިރު ހުރީ 72 ޑޮލަރު. އަޅުގަނޑުމެންނަށް އަންދާޒާ މިހާރު އެބަކުރެވޭ ދުނިޔޭގެ މާހިރުން ވިދާޅުވާހެން (ތެއޮ ފީފާއެއްގެ އަގު) 150 ޑޮލަރާ ހިސާބަށް އަރައިގެން ހިނގައިދާނެކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކޮވިޑް ދުވަސްވަރު ތެލުގެ އަގު ބޮޑުވެގެންދިޔަކަން ފާހަގަކުރައްވައި އެދުވަސްވަރު އެކި ރޭވުންތައް ރާވައި ތެއޮ އަގުބޮޑުވިނަމަވެސް ރާއްޖެއިން އެކަމަށް ހައްލު ހޯދާފައިވާކަން ރައީސް ސޯލިހްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑް ދުވަސްވަރު 25 ޑޮލަރުގައި ހުރި ތެއޮ ފީފާއެއްގެ އަގު 48 ޑޮލަރަށް އުފުލިގެން ދިޔަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ހަނގުރާމަ ހުއްޓާނޭ ދުވަހެއް އަދި އަންދާޒާކުރަން ނޭނގޭއިރު، މިކަމުގެ ސަބަބުން ބާޒާރުގައި ތަކެތި ނިހާޔަތަށް އަގުބޮޑުވެގެން ހިގައިދާނެ ކަމަށެވެ. އެހެންކަމުން ކުރިންސުރެ ފެށިގެން ރައްޔިތުންނަށް މިކަންކަމާބެހޭ މައުލޫމާތު ދިނުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.