އެމްޑީޕީ މާލެ ސިޓީ މެނިފެސްޓޯ ނެރުން... ފޮޓޯ: އެމްޑީޕީ
ހަބަރު
09 Mar 2026 | 02:34
އެމްޑީޕީ މާލެސިޓީ މެނިފެސްޓޯ؛ އަލަތު ކައިވެނީގެ ވަލީމާ ބާއްވާނެ ތަން ހިލޭ

އެމްޑީޕީގެ މާލެސިޓީގެ މެނިފެސްޓޯ "އަމާނަތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދު" ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މެނިފެސްޓޯ ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި އެމްޑީޕީން ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ. ކައުންސިލް އިންތިހާބަށް ހާއްސަކޮށް ތައްޔާރުކުރި މި މެނިފެސްޓޯ ފަރުމާކޮށްފައިވަނީ މާލެސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބޭގޮތަށެވެ. އެމްޑީޕީން ބުނީ އަމާނާތްތެރި ހިދުމަތް - މާލެ ސިޓީގެ ވިންދު. މެނިފެސްޓޯ ބައްޓަން ކުރެވިފައިވަނީ ރައްޔިތުންނާ ދިމާވެފައިވާ މުހިއްމު މައްސަލަތަކާ ދެމެހެއްޓެނިވި އަވަސް ހައްލު ހޯދައިދީ އުފާ ފާގަތި ދިރިއުޅުމެއް މާލެ ސިޓީގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްކަމަށެވެ.

އެގޮތުން މި މެނިފެސްޓޯ މައިގަނޑު ތިން ދާއިރާއަކަށް ބަހާލާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ދިރިއުޅުމުގެ ފުރިހަމަ އުފާ ރައްޔިތުންނަށް ހޯދައިދިނުމަށް "ފަހި ދިރިއުޅުން" ވިޔަފާރީގެ ފޮނިމީރުކަން ކަށަވަރު ކޮށްދިނުމަށް "ވިޔަފާރިއަށް ފަހި" އަދި ރައްޔިތުންގެ ބާރުވެރިކަން ޔަގީން ކޮށްދިނުމަށް "ރައްޔިތުންނަށް އާރު" އެވެ.

މެނިފެސްޓޯގައި ކުރުމަށް އެމްޑީޕީން ކަނޑައަޅާފައިވާ ފާހަގަކޮށްލެވޭ ބައެއް ކަންކަން:

- އަލަތު ކައިވެނީގެ ވަލީމާ ބާއްވާނެ ތަނެއް ހިލޭ ދިނުމަށް ނިންމުން

- އުތުރު ތިލަފަޅު ހިމަނާ އެ ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތައް އަވަހަށް ހަވާލުކޮށް ނިންމުން

- ލުއި ފަސޭހަ މާލީ ނިޒާމެއްގެ ތެރެއިން ގެދޮރު ބިނާކުރުމަށް

- ސިނަމާލެ ފްލެޓްތައް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުން

- ބާވެފައިވާ އިމާރާތްތައް ނައްތާލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން

- ބުޅާތައް މާލެސިޓީ ކައުންސިލަށް ބަދަލުކުރުން

- ކުޑަކުދިން ބަލަހައްޓާ ޗައިލްޑް ކެއާތައް ގާއިމްކުރުން

- މާލެ ސިޓީގެ ޕާކުތަކާއި ހުސް ބިންތަކާއި ބީޗުތައް ހިލޭ ވައިފައި ދިނުން

- މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެ ސަރަހައްދު އާއިލާތަކަށް މޫދަށް އެރުމަށާ މުނިފޫހިފިލުވުމަށް ތަރައްގީކުރުން

މެއެމްޑީޕީން ބުނީ މި މެނިފެސްޓޯ އަކީ އެޕާޓީގެ ތަސައްވުރު ކަމަށާއި، އެއީ ތަންފީޒު ކުރާނެ ސިޔާސަތުތައް ކަމަށެވެ. އަދި މިއީ  ރައްޔިތުންނަށް އެމްޑީޕީން ވާ ވައުދެއްކަމަށެވެ.

ކޮމެންޓް
ސަމްސިއްޔާ
އެންމެ ފުރަތަމަ ކޮބާތަ ؟ ވިހާ ކޮންމެ ކުއްޖަކަށް ދޭނަމޭ ބުނި ހަދިޔާ ފޮށި އެވެސް ކެނޑި ފޮންޏެއްނު މީގެ ކުރިން.
09 Mar 2026
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.