ނުފުރި ތިބި ޢުމްރާވެރިން ސައުދީއަށް އައުން: ފޮޓޯ/ހައްޖު ކޯޕަރޭޝަން
ހަބަރު
09 Mar 2026 | 09:42
ނުފުރިތިބި ޢުމުރާވެރިން، ޙައްޖު ކޯޕަރޭޝަންގެ އެހީގައި ސަޢުދީއަށް އަތުވެއްޖެ

‏އެކި ސަބަބުތައް ދިމާވެގެން ނުފުރުނު ޢުމްރާވެރިން މިވަގުތު ތިބީ ސަޢުދި ޢަރަބިއްޔާގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

‏މީގެތެރޭގައި އަމިއްލަ ގްރޫޕަކުން ޢުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަޖައްސާފައި ނުވާ އިތުރު 30 މީހުން ވެސް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި ރޯދައާ ދިމާކޮށް އުމްރާގެ އަޅުކަމަށް ފުރަން ތައްޔާރުވި ބައެއް މީހުންނަށް ފުރޭ ގޮތް ނުވި އެވެ. އަލްއަބްރާރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއްގެ ދަތުރު ކެންސަލު ކުރިއެވެ. އެކަން ކުރީ އިޒްރާލާއި އެމެރިކާއިން މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅުވަ އެވެ. ނަމަވެސް ކެންސަލުކުރީ މަގުބޫލު ސަބަބެއް ނެތި ގަވާއިދާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން، ފްލައިޓްތައް ކެންސަލް ވުމުގެ ސަބަބުންވެސް ބައެއް މީހުންނަށް އުމްރާގެ އަޅުކަމަށް ސަޢުދީއަށް ނުފުރި ތިބިކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެ އެންމެން ފުރުވުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައުވާއިރު، ވަޒީރު ޝަހީމް އިއްޔެ ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން ރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައި ކަމަށް ވިދާޅުވި އެވެ.

އަދި މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައި ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.