މާލެސިޓީ މެނިފެސްޓޯ އިފްތިތާހްކުރުމުގެ ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.. ފޮޓޯ: އެމްޑީޕީ
ހަބަރު
09 Mar 2026 | 14:15
އިންތިހާބުގެ ކެމްޕެއިނަށް ނިކުންނައިރު އެންމެ ބާރުގަދަ ހަތިޔާރު އޮތީ އެމްޑީޕީ އަތުގައި: ޝާހިދު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނިކުންނައިރު އެންމެ ވަރުގަދަ ހަތިޔާރު އޮތީ އެމްޑީޕީގެ އަތުގައިކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާލެސިޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ. އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ފިކުރުގައި އޮންނަނީ ވޯޓު ގަނެގެން ކަންކަން ކުރުމުގެ ނިޔަތް ކަމަށާއި، ނަމަވެސް އެމްޑީޕީގެ ފިކުރަނީ ފެށުނީއްސުރެ ރައްޔިތު މީހާ ގާތަށްގޮސްގެން ހަޤީގަތް އޮޅުން ފިލުވައިދީގެން ވޯޓު ހޯދުންކަމަށެވެ. 

ޝާހިދު ވިދާޅުވީ އެމްޑީޕީން 2008 ވަނަ އަހަރުން ފެށިގެންވެސް މަސައްކަތް ކުރަމުން އައިސްފައިވަނީ މި ރޫހުގައި ކަމަށާއި، އެޕާޓީއާ އެހެން ޕާޓީއާ ތަފާތުވަނީ އެހެންވެގެން ކަމަށެވެ.

އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން ޕީއެންސީގެ ބޭފުޅުން ކަމުގައިވިޔަސް އަދި އެހެން ބޭފުޅުން ކަމުގައިވިޔަސް. ވާދަކުރައްވާ ބޭފުޅުންގެ ފިކުރުގައި މުޅިންވެސް އޮންނަނީ ތިމަންނަވެންނަށް ވޯޓު ގަނެވޭނެ. ތިމަންނަމެންނަށް ވަޒީފާގެ ބިރު ދައްކައިގެން ވޯޓު މަޖުބޫރު ކުރެވޭނެ. އެމްޑީޕީއަކީ ވޯޓު ގަންނަ ބައެއް ނޫން. އެމްޑީޕީއަކީ ވޯޓަށް މަޖުބޫރު ކުރާ ބައެއް ނޫން. އެމްޑީޕީގެ ވިސްނުމުގައި އޮންނަނީ ރައްޔިތު މީހާގެ ކައިރިއަށް ގޮސް ހަގީގަތް އޮޅުންފިލުވައިދީގެން ވޯޓުހޯދުން

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައި ތިއްބެވި ކެނޑިޑޭޓުންނަކީ އާދަޔާ ހިލާފު ހިތްވަރުގަދަ ކެންޑިޑޭޓުންތަކެއް ކަމަށެވެ. އެގޮތުން މިއަދުގެ ސިޔާސީ މާހައުލުގައި ބިރުދެއްކުމާއި އިންޒާރުކުރުމާއި ވަޒީފާގެ ފިއްތުންތަކާއި ރިޝްވަތުގެ މުޑުދާރު އަމަލުތަކުގެ ކުރިމަތީގައި ބޯ ނުލަނބައި ކެންޑިޑޭޓުން ނިކުމެވަޑައިގެން ތިއްބެވީ ސަބަބެއް އޮވެގެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މާލެއަށް މި ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ގެނެވިފައިވާ އިސްލާހީ ހުރިހާ ކަމެއްގެ ހަގީގީ މޭސްތިރިއަކީ، އެމްޑީޕީ ތަމްސީލް ކުރައްވާ މާލެސިޓީގެ މޭޔަރު ކަމަށެވެ. އެގޮތުން މާލެސިޓީގައި ގުޔާއި ނަޖިހާ ގުޅިގެން ހެދިފައި އޮންނަ ކޯރުތަކުގެ ތެރޭގައި ސިޔާސީ ވެރިން ނުކުމެ ނާޗަރަންގީ ކުޅުނު ޒަމާން ނިމުމަކަށް ގެނައީ އެމްޑީޕީން ކަމަށާއި، މާލެ ބަދަލުކޮށްލަން މާލޭގެ ވިންދު ބަދަލުކޮށްލާނީ އެމްޑީޕީން ކަމަށެވެ.

ކޮމެންޓް
އަހުދުނާމާ
އެމްޑީޕީ އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގަ ވޯޓް ގަނެފަ ހުވާ ކުރުވަން ބުނި މީހުން. އަދި ދޮގު ހެދުން އެއީ ހަތިޔާރަކީ ދެން
09 Mar 2026
ޒަމްޒަމް
ކޮންހަތިޔާރެއްބާ އަނިއްކާ ރެޑުކާޕެޓު ތޯ
09 Mar 2026
ބޮޑުމީހާ
ތިޔަބުނާ ބާރު އޮއްވާތާ ރައްޔިތުންނަށް އޮޅުވާލަން ކަޑައެޅިގެން ދޮގު ތިޔަހަދަނީ. ޚާއްސަކޮށް ފެންނަ ނުފެންނަ ވޯޓުގަ..
10 Mar 2026
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.