ޕާކިސްތާނުގެ ޕެޓްރޯލް ޝެޑެްް
ދުނިޔެ
10 Mar 2026 | 13:49
ޕާކިސްތާނުގެ ސްކޫލްތައް ބަންދުކޮށް، ދެމަސް ދުވަހަށް އިސްވެރިންގެ މުސާރަ ނުދޭން ނިންމައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން، ޕާކިސްތާނުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. 

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހޯމަ ދުވަހު ގައުމާ މުޚާތަބު ކުރައްވައި ވިދާޅުވި ގޮތުގައި، އަސާސީ ޚިދުމަތްތައް ފިޔަވައި ސަރުކާރުގެ އެހެން އިދާރާތަކުގެ 50 އިންސައްތަ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައެވެ.

އަދި ބޭންކުތައް ފިޔަވައި ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނާނީ ހަފުތާއަކު ހަތަރު ދުވަހުއެވެ. މީގެ އިތުރުން، މި ހަފުތާގެ ފަހުކޮޅުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ސުކޫލުތައް ބަންދުކުރުމަށް ނިންމާފައިވާއިރު، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށެވެ.

ބޮޑުވަޒީރު އިޢުލާން ކުރެއްވި އިގްތިސާދީ ފިޔަވަޅުތަކުގެ ތެރޭގައި، ކުރިއަށް އޮތް ދެ މަސްދުވަހަށް ސަރުކާރުގެ އުޅަނދުތަކަށް ދޭ ތެލުގެ އެލަވަންސް ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމާއި، ސަރުކާރުގެ އުޅަނދުތަކުގެ 60 އިންސައްތަ ދުއްވުން ހުއްޓާލުން ހިމެނެއެވެ.

އަދި ފެޑަރަލް ކެބިނެޓުގެ ވަޒީރުން މި މުއްދަތުގައި މުސާރަ ނުނަންގަވާ ގޮތަށް ހަމަޖައްސަވައި، މެންބަރުންގެ މުސާރައިން 25 އިންސައްތަ އުނިކުރުމަށް ވަނީ ނިންމަވާފައެވެ.

މި ނިންމުންތަކަކީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ތެލާއި ހަކަތަ ލިބުމަށް ދަތިވުމުން އެޅި ފިޔަވަޅުތަކެކެވެ.

އީރާނުން ވަނީ މި ހަމަލާތަކަށް ރައްދުދީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގު ކަމަށްވާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" ބަންދުކޮށްފައެވެ.

މި ހާލަތާ ގުޅިގެން އަވަށްޓެރި އިންޑިއާއިން ވެސް ވަނީ އެ ގައުމުގެ ގޭބިސީތަކަށް ބޭނުންވާ ކައްކާ ގޭސް (އެލް.ޕީ.ޖީ) އުފައްދާ މިންވަރު އިތުރުކުރުމަށް އަންގާފައެވެ. އަދި ވިއެޓްނާމުން ވެސް ވަނީ ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބާރުއަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.