އިންތިހާބެއްގައި މީހަކު ވޯޓުލަނީ
ހަބަރު
11 Mar 2026 | 13:45
އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަނުން އިއުލާނުކޮށްފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

އިލެކްޝަނުން އާއްމުކޮށްފައިވާ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ބަލާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، ޑަބްލިއުޑީސީ އިންތިހާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެ ތެރޭހައި ހިމެނެނީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ތާވަލްކޮށްފައިވަނީ، އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ނެގުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓުލުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެދުވަހު ބާއްވާ އިންތިހާބުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި 190 އަށްވުރެ ގިނަ ވޯޓުފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބަހައްޓާނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ރިސޯޓުތަކާއީ ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ ކަނޑައެޅިފައިވާ އަދަދަށް އެތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓްރީ ވެފައިނުވާތީއެވެ. 

މީގެ އިތުރުން ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ރީ-ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވެފައިވަނީ ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުންނެވެ. އެގޮތުން، މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު ސްރީލަންކާއިން ރަޖިސްޓްރީވެފައިވަނީ، 189 މީހުންނެވެ. ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމަ އެވެ. އެހެންކަމުން ކުރިއަށްއޮތް އިންތިހާބުގައި ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.