ބްލަޑް ހީރޯސް އީއޭއެފްސީ
ހަބަރު
12 Mar 2026 | 12:17
ޒުވާނުން ލޭ ހަދިޔާކުރުމަށް ބާރުއެޅުމަށް "ބްލަޑް ހީރޯސް އީ.އޭ.އެފް.ސީ" މުބާރާތް ބާއްވަނީ

ރަމަޟާން ބްލަޑް ކޭމްޕް 1447 ގެ ހަރަކާތްތަކުގެ ތެރެއިން، ޒުވާނުން ލޭ ހަދިޔާކުރުމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި "ބްލަޑް ހީރޯސް އީ.އޭ.އެފް.ސީ" ވީޑިއޯ ގޭމް މުބާރާތް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 މާރިޗު ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އޮރެންޖު ހިޔާގައެވެ.

މި މުބާރާތަކީ "ލޭ އެޕް" އާއި އެމް.އެން.ޔޫ މެޑިކޯސް، ރިޕަބްލިކް އޮފް ޑޯނާސް، ބްލަޑް ޑޯނާސް އެމް.ވީ، އެހީ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއީ މުޖުތަމައަށް ފައިދާހުރި މަސައްކަތަކާއެކު ގޭމް ކުޅުމުގެ މަޖާ މާހައުލެއް ޒުވާނުންނަށް ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ މޮޅުވާ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނިގޮތުގައި، މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ލޭ ހަދިޔާކުރުމަކީ އެންމެންގެ އެއްބާރުލުމާއެކު ކުރެވޭނެ މުހިންމު ކަމެއްކަން ޒުވާނުންނަށް ބުނެދިނުމެވެ. އަދި ޒުވާނުންގެ މެދުގައި ލޭ ހަދިޔާކުރާ މީހުންގެ މުޖުތަމައަކަށް އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އިންތިޒާމުކުރާ ފަރާތްތަކުން ބުންޏެވެ.

މި އަހަރަކީ "ރަމަޟާން ބްލަޑް ކޭމްޕް" ބާއްވާ ދެވަނަ އަހަރެވެ. މި ކޭމްޕަކީ ގިނަ އަދަދެއްގެ ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި މުބާރާތުގެ ގޭމިންގ ބައި ކުރިއަށްގެންދިއުމަށް "އޫރީދޫ ނޭޝަން" އިން ދެމުންގެންދާ އެހީތެރިކަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.