ޢުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ބައެއް
ދީން
12 Mar 2026 | 12:57
މަންމައެއްގެ އިޚްލާޞްތެރި ދުޢާއާއެކު ދަރިފުޅަށް އުމްރާ ދަތުރެއް

ދުޢާ އަކީ އެންމެ ބާރު ގަދަ ހަތިޔާރު ކަމަށް ބުނާ ވާހަކައަކީ އައު ވާހަކައެއް ނޫންނެވެ. ޚާއްސަކޮށް މައިންބަފައިން ދަރިންނަށްޓަކައި ކުރާ ދުޢާއެވެ. އެއީ ”ނުވާނެ“ ނުވަތަ ”ނުލިބޭނެ“ ކަމަށް ހީކުރެވުނު އެތައް ކަމެއްވެ، އެތައް އެއްޗެއް ލިބިގެންދިޔަ ވަރުގަދަ ހަތިޔާރު ކަމަށް، ދުޢާގެ ސަބަބުން ހުވަފެންތައް  ހަގީގަތަކަށްވި އެތައް ބަޔަކު ބުނެއެވެ. 

މިއީވެސް އެފަދަ ވާހަކައެކެވެ. މަންމައެއްގެ އަދި ދަރިފުޅުގެ އިޚްލާސްތެރި ދުޢާއިން ދަރިފުޅަށް ޢުމްރާ ދަތުރެއް ލިބުނު ވާހަަކައެވެ.

މި އުފާވެރި ޚަބަރު ހިއްސާކުރަމުން އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމްގެ އޮތް ރޭ، ފޯރަމް ނިންމާލުމަށްފަހު ދަރިފުޅު ގެއަށް އައީ ވަރަށް ދެރަވެފައި ހުރެގެން ކަމަށެވެ.

"ނުލިބުނު އެއްވެސް އެއްޗެއް!" ދަރިފުޅު ބުނި ކަމަށް މަންމަ ބުންޏެވެ.

"ދެވަނަ ރޭ އަހަރެން ދަރިފުޅުގާތު ބުނީމެވެ. ދަރިފުޅަށް އިނާމެއް ލިބޭތޯ ދުޢާ ކުރާނަމެވެ. ދަރިފުޅުވެސް ދުޢާ ކުރާށެވެ. އަބަދުވެސް އެކަލާނގެ އަށް ދުޢާކޮށް ދަންނަވާ ހެޔޮކޮށް ވިސްނާށެވެ. ދުޢާކޮށްފައި އިނާމު ލިބޭނޭ ހިތަށް އަރުވާށެވެ،" އެ މަންމަ ލިޔެފައިވެއެވެ.

އޭގެ ފަހުން ކޮންމެ ރެއަކުވެސް ފޯރަމް ނިންމާފައި އައިސް، އިނާމު ލިބުނު ކުދިންގެ ނަންތައް ދަރިފުޅު ކިޔައިދެމުން ދިޔަކަމަށް އެ މަންމަ ލިޔެފައިވެއެވެ. އަދި ދަރިފުޅަށް އެއްވެސް އިނާމެއް ނުލިބުނު ކަމުގައި ވިޔަސް، މަންމަ ދިޔައީ ހުއްޓުމެއްނެތި ދުޢާކުރަމުން ކަމަށްވެސް ބުންޏެވެ.

"ދަރިފުޅަށް އިނާމެއް ނުލިބުނެއް ކަމަކު އަހަރެން ދުޢާ ކުރަމުން ދިޔައީމެވެ. އެކަލާނގެ ހަޟްރަތަށް އެދި ދެންނެވީ އަހަރެންގެ ނަޒަރުގައި ކުޑަ ދުޢާއެކެވެ. ‘ޔާ الله! މިއަޅާގެ ދަރިފުޅަށް އެތަނުން ހަދިޔާއެއް ލިބޭނެ ގޮތް މިންވަރު ކުރައްވާށި!’ އަދި އެކަމަށް އެދި ހިތުނިޔަތް ގަނެ އިސްތިޣްފާރް ވެސް ކުރީމެވެ." ކުއްޖާގެ މަންމަގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ. 

އެ މަންމަގެ އިޚްލާޞްތެރި ދުޢާ އިޖާބަކުރެއްވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މުޅި އިޙްޔާ ފޯރަމްގެ އެންމެ އަގުބޮޑު އިނާމު ކަމަށްވާ އުމްރާ ދަތުރު އެ ކުއްޖާއަށް ލިބިގެންދިޔައީއެވެ. ކުއްޖާއަށް ލިބުނީ މާތް اللهގެ ގެކޮޅަށް ޒިޔާރަތް ކުރުމުގެ މަތިވެރި ދަޢުވަތެވެ.

މިމި ހާދިސާ ހިއްސާކުރަމުން އެ މަންމަ ވަނީ ދުޢާކުރުމުގެ މަތިވެރިކަމާއި ބާރާމެދު އެއްވެސް މީހަކު ޝައްކު ނުކުރުމަށާ، އަބަދުވެސް އަމިއްލަ ނަފްސަށާއި ދަރިންނަށް ހެޔޮގޮތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމުގައި ދެމިތިބުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.