އެމެރިކާ ސިފައިން މިސެއިލެއް ތައްޔާރުކުރަނީ... ފޮޓޯ: އޭއެފްޕީ
ދުނިޔެ
12 Mar 2026 | 15:01
އީރާނަށް ހަމަލާދިނުމަށް ފުރަތަމަ ހަފްތާ އެކަނިވެސް އެމެރިކާއިން 11 ބިލިއަން ޑޮލަރު ހަރަދުކޮށްފި

އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ފުރަތަމަ ހަފްތާ އެކަނިވެސް 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްފިއެވެ

ޕެންޓަގަނުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދީފައިވާ މަޢުލޫމާތާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކުރި ގޮތުގައި މިހާތަނަށް ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު، ހަރަދުވިކަމަށް ފާހަގަކޮށްފައިވާ 11 ބިލިއަން ޑޮލަރުގެ ތެރޭގައި އެންމެފުރަތަމަ ހަމަލާތައް ފެށުމުގެ ކުރިން ވީ ތައްޔާރީތަކަށް ހިނގި ބޮޑެތި ޚަރަދުތައް ނުހިމެނެއެވެ. އެހެންކަމުން ޖުމްލަ ޚަރަދު މިއަށްވުރެ މާ ބޮޑުތަނުން އިތުރުވުން އެކަށީގެންވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލުން ކުރިން ކޮންގްރެސްއަށް ދީފައިވާ މައުލޫމާތުތަކުން ދޭހަވާގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭނުންކޮށްފައިވެއެވެ.

ވޮޝިންގްޓަންގެ ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް (ސީ.އެސް.އައި.އެސް) އިން އަންދާޒާކުރާ ގޮތުގައި، "އޮޕަރޭޝަން އެޕިކް ފިއުރީ"ގެ ފުރަތަމަ 100 ގަޑިއިރުގެ ތެރޭ އެކަނިވެސް އެމެރިކާއިން ވަނީ 3.7 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް ބަލާނަމަ 891 މިލިއަން ޑޮލަރެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ޚަރަދުތަކުގެ ތެރެއިން 3.5 ބިލިއަން ޑޮލަރަކީ ބަޖެޓުގައި ކުރިން ހިމަނާފައިވާ ޚަރަދުތަކެއް ނޫނެވެ.

ހަނގުރާމައިގެ ޚަރަދުތައް ވަގުތުން ބަލަމުންދާ "އީރާން ވޯރ ކޮސްޓް ޓްރެކަރ" ވެބްސައިޓުން ދައްކާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް މި ހަނގުރާމައަށް 17 ބިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ވަނީ ހަރަދުކޮށްފައެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ހަރަދުވާކަމަށް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ހަނގުރާމައިގެ ހަގީގީ ޚަރަދު މިއަށްވުރެ ބޮޑުވާނެ ކަމަށް އެ ސައިޓުން ފާހަގަކުރެއެވެ. ސަބަބަކީ ހަނގުރާމައިގެ ބައިވެރިންނަށް ދިގު މުއްދަތުގައި ދޭންޖެހޭ ސިއްޙީ ފަރުވާ ފަދަ ޚަރަދުތައް މިހާރު ފެންނަން ހުރި އަދަދުތަކުގެ ތެރޭގައި ނުހިމެނޭތީއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ، މިދިޔަ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހެވެ. ހަނގުރާމައިގެ މިހާހިސާބަށް އާއިރު، އީރާނުގެ ރޫހީ ލީޑަރު ޝަހީދުކޮށްލުން ފިޔަވައި އިތުރު ކަމެއް އެމެރިކާ އަދި އިސްރާއީލަށް ހާސިލްވެފައި ނެތްކަމަށް ތަޖުރިބާކާރުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.