އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް އަމީރު ޙާތަމީ... ފޮޓޯ: އޭޕީ
ދުނިޔެ
14 Mar 2026 | 19:06
އިންޑިއާ ކަނޑުގައި އޮއްވައި އީރާނުގެ މަނަވަރަށް ދިން ހަމަލާގެ ބަދަލު ހިފާނަން: އީރާން

އިންޑިއާ ކަނޑުގައި އޮއްވައި އެމެރިކާއިން އީރާނުގެ މަނަވަރަށް ދިން ހަމަލާގެ ބަދަލު ހިފާނޭކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް އަމީރު ޙާތަމީގެ މި އިންޒާރު ދެއްވާފައިވަނީ، އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީނެއް ނިންމުމަށްފަހު އެނބުރި ދަނިކޮށް، އީރާނުގެ މަނަވަރު "އައި.އާރު.އައި.އެސް ދަނާ" އަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި އީރާނުގެ މަނަވަރުގައި ތިބި އޮފިސަރުންގެ ތެރެއިން 104 ފަޅުވެރިއަކު ވަނީ ޝަހީދުވެފައެވެ.

މި މަނަވަރަކީ އީރާނުގެ ނޭވީ ފްލީޓްގައި މިވަގުތު އޮތް އެންމެ ފަހުގެ އެއް މަނަވަރެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީ "އިރްނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޙާތަމީ ވިދާޅުވީ "ދަނާ" މަނަވަރުގެ ފަޅުވެރިން ފުރިހަމަކުރީ ސުލްހަވެރި މިޝަނެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ އޮފިސަރުންނަކީ ހަނގުރާމައިގައި އެއްވެސް ގޮތަކަށް ބައިވެރިނުވާ ބައެއް ކަމަށާއި، މަނަވަރަށް ހަމަލާދީފައިވަނީ އަސްކަރީ ތަމްރީނުތަކެއް ފުރިހަމަކުރުމަށްފަހު އެނބުރުި ޤައުމަށް ދަތުރުކުރި މަގުމަތީގައި ކަމަށެވެ.

ޙާތަމީ ވިދާޅުވީ، "ދަނާ" މަނަވަރުގެ ނަމާއި އޭގެ ފަޅުވެރިން ދެއްކި ހިތްވަރާއި ގުރުބާނީއަކީ އީރާނުގެ ކަނޑުގެ ސިފައިންގެ ތާރީޚުގައި ހިތްވަރުގަދަކަމާއި ވަފާތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި އަބަދަށް ދެމިއޮންނާނެ ކަމެއް ކަމަށެވެ. އަދި އީރާނުގެ ކަނޑުގެ ސަރަހައްދު ދިފާއުކޮށް، ކަނޑުގެ ބާރުވެރިކަން އިތުރަށް ވަރުގަދަ ކުރުމުގައި ކުރިއަށްވުރެ ވެސް ބޮޑު އަޒުމަކާއެކު އަސްކަރިއްޔާ ސާބިތުވެ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ މަނަވަރަށް ދިން ހަމަލާތަކާ ގުޅިގެން ސްރީލަންކާ އަދި އިންޑިއާއިން ވަނީ މަނަވަރުގައި ތިބި ހާލުގައި ޖެހުނު އޮފިސަރުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޝަހީދުވި އޮފިސަރުން ލަންކާގެ މޯޗަރީތަކަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.