ކަރާ ފެޅުން: ފޮޓޯ/ އުރީދޫ
ވިޔަފާރި
15 Mar 2026 | 12:14
އުރީދޫ ކަރާ ކުއެސްޓް: ކަރާ ފަޅައިގެން ލަޝްކަރު މޮޅުކުރަން މީ ރަނުގެ ފުރުސަތެއް

މިއަހަރުގެ ރޯދަމަހުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ #OoredooKaraaFelhun ގޭމުގައި އުރީދޫ މޯލްޑިވްސް އިން 'ކަރާ ކުއެސްޓް' ތައާރަފުކޮށްފިއެވެ.

މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެއެވެ.

ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެއެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެއެވެ.

މި ފީޗާގެ ސަބަބުން #OoredooKaraaFelhun އަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދެއެވެ. ރަމަޟާން މަހުގެ ރޫހުގައި އާއިލާ އާއި ރައްޓެހިންނާ އެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެއެވެ.

#OoredooKaraaFelhun އަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ.

ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެއެވެ. އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ތައާރަފުކުރަމުން ގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.