ހޫނު ގަދަ ދުވަހެއް
ހަބަރު
15 Mar 2026 | 12:37
އިހުސާސް ކުރެވޭ ފިނިހޫނުމިން 35.6 އަށް ވުރެ މައްޗައް؛ ސަމާލުވުމަށް އެދިއްޖެ

މި ދުވަސްވަރު ދިވެހިރާއްޖޭގެ ފިނިހޫނުމިން 35.6 އަށް ވުރެ މައްޗައް ދާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ.ޗް.ޕީ.އޭ އިން އިލްތިމާސް ކޮށްފިއެވެ.

އެ.ޗް.ޕީ.އޭ އިން އެކްސްގައި ކުރި ޕޯސްޓްއެއްގައި ބުނީ ހޫނުގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި ކުޑަ ކުދިންނަށް ކުރާ އަސަރު ބޮޑު ކަމަށެވެ.

ކުޑަ ކުދިންގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނާއި އަދި އަލީގައި ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭ ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ނުރައްކާވާނެ ކަމަށެވެ.

ހޫނުން ރައްކާތެރިވުމަށްޓަކާއި ހޫނުގަދަ ގަޑި ތަކުގައި ބޭރަށް ނުދިޔުމަށާއި، ތުއްތު ކުދިންނަށް ދިޔާ ތަކެއްޗާއި ފެން ދިނުމާއި، ގަޔަށްދޫ ތުނި ހެދުން ލުމާއި އަދި ހޫނު ގަޑި ތަކުގައި ބޭރަށް ދާއިރު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކުރެވެ.

މެޓް އޮފީހުން ބުނީ މާރިޗު އަދި އޭޕްރިލް މަހަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗައްދާ ދުވަސްވަރުކަމަށެވެ. މިދުވަސްވަރު ވިލާ މަދުވެފައި ވައިމަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓައެވެ.

އަދި ދުވާލު ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑު ފިނިކަން ދަށްވެގެންދާވަރާ އަޅާބަލާއިރު، ފަރަގު ކުޑަވުމުގެ ނަތީޖާއަކީ އާންމު ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން މަތިވެގެން ދިއުންކަން މެޓް އޮފީހުން ފާހަގަކުރެއެވެ. މެޓުން ބުނީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މަތިވެގެން ދާނީ މެންދުރުފަހު 14:00 ހާއިރުކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.