އެމެރިކާގެ އަސްކަރިއްޔާ
ދުނިޔެ
15 Mar 2026 | 14:39
ސްވިޓްޒަރލޭންޑް އިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބުނީ ނޫނެކޭ

އެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާދިނުމަށްޓަކައި ސްވިޓްޒަރލޭންޑްގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް އެދުމުން ސްވިޓްޒަރލޭންޑް އިން އެކަމަށް އިންކާރުކޮށްފިއެވެ.

މިއަދު ސްވިޓްޒަރލޭންޑްގެ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ އެމެރިކާއިން އެ ޤައުމުގެ ވައިގެ ސަރަހައްދު ދިރާސީ ބޭނުމައްޓަކައި ބޭނުން ކުރުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް، ސްވިޓްޒަރލޭނޑްގެ އިން ވަކި ކޮޅެއް ހަނގުރާމަަތަކުގައި ނުނެގުމުގެ އުސޫލުގެ މަތިން ވަނީ އެެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާ ކޮށްފައެވެ.

އެ ގޮތުން، އެމެރިކާއިން ވަނީ ޖުމްލަ 5 ބޯޓެއް އެ ޤައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ހުއްދައަށް އެދިފައެވެ. މީގެން ސީދާ ހަނގުރާމައާއި ގުޅޭ 2 ބޯޓު ސްވިޓްޒަރލޭނޑްގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުން އެ ޤައުމުން މަނާ ކޮށްފާވާއިރު 3 ޓްރާަންސްޕޯރޓް އަދި 1 މެއިންޓެނެންސް އާއި ގުޅޭ ބޯޓުތަކަށް ވަނީ ހުއްދަ ދީފައެވެ. 

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ-އިޒްރޭލާއި އިރާން އާއި ދެމެދު ފެށުނު ހަނގުރާމައަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް ސެންޓަރުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް އިރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރަމުންނެވެ.

އަދި އިރާނުން ދަނީ ބަދަލު ހިފުމުގެގެ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހުއްޓުމެއްނެތި ހަމަލާ ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.