ސްރީލަންކާ ޕެޓްރޯލް ކިއު---ފޮޓޯ: ރޮއިޓާސް
ދުނިޔެ
15 Mar 2026 | 16:00
ސްރީލަންކާގައި ތެޔޮ ކޯޓާ ނިޒާމު އަލުން ތަންފީޒުކޮށް، ތެޔޮ ސްޓޭޝަންތައް ކައިރީ ދިގު ދަމާލައިފި

ސްރީލަންކާ ސަރުކާރުން ނެޝަނަލް ފިއުލް ޕާސް (ކިއުއާރު ކޯޑް) ނިޒާމު އަލުން ތަންފީޒުކުރަން ފެށުމާ އެކު، އެ ޤައުމުގެ އެކި ހިސާބުތަކުގެ ތެޔޮ ސްޓޭޝަންތައް ކައިރީ ދިގު ކިޔޫތައް ދަމާލައިފިއެވެ.

ސްރީލަންކާ ސަރުކާރުން މި ނިޒާމު ތަންފީޒުކޮށްފައި ވަނީ މިއަދު ހެނދުނު 6:00 ން ފެށިގެންނެވެ.

މިފިޔަވަޅު އަޅާފައިމިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައި ޗެއިނަށް ނޭދެވޭ އަސަރުކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ. ހަމައެއާ އެކު، އެ ޤައުމުގެ ތެލުގެ ޑިމާންޑް އާދަޔާ ޚިލާފަށް އިތުރުވެ، ތެލުގެ ރިޒާވް ހުސްވަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މި ނިޒާމުގެ ދަށުން، ސައްޙަ ކިއުއާރު ކޯޑެއް ނެތި އެއްވެސް ތެޔޮ ސްޓޭޝަނަކުން ތެޔޮ ދޫނުކުރާނެއެވެ. ހަފުތާއަކު ދޫކުރާ ކޯޓާ ކަނޑައެޅިފައިވާ ގޮތުން، ބަސްތަކަށް 60 ލީޓަރު، ސައިކަލުތަކަށް 5 ލީޓަރު، ކާރުތަކަށް 15 ލީޓަރު، ވޭންތަކަށް 40 ލީޓަރު، ލޮރީތަކަށް 200 ލީޓަރު، ތްރީވީލާތަކަށް 15 ލީޓަރު، އަދި ލޭންޑް ވެހިކަލްތަކަށް 25 ލީޓަރު ލިބޭނެއެވެ.

ސްރީލަންކާގެ ހަކަތައާއި ބެހޭ މިނިސްޓްރީން ބުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައި ރޫޓްތަކަށް ބުރޫ އެރުމާއި، ޤައުމުގެ ތެރޭގައި ތެލުގެ ޑިމާންޑް އާދަޔާ ޚިލާފަށް މައްޗަށް ދިއުމުގެ އިތުރުން، ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފަށް ތެޔޮ ރައްކާކޮށް ކަޅު ބާޒާރުގައި ވިއްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސްރީލަންކާއިން ދާދި ފަހުން އުޅަނދު އެތެރެކުރުމުގެ ހިފެހެއްޓުންތައް ލުއިކުރުމާ ގުޅިގެން، އެތައް ހާސް އާ އުޅަނދެއް ޤައުމަށް އެތެރެވެފައިވާ އިރު، އެ އުޅަނދުތައް ފިއުލް ޕާސް ނިޒާމުގައި ރެޖިސްޓާ ނުކުރެވި ހުރުމުން ތެޔޮ ގަތުމުގައި ދަތިތައް ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މީގެ ކުރިން މާޗު 10 ގައި ސްރީލަންކާ ސަރުކާރުން ވަނީ ތެލުގެ އަގު 8 ޕަސެންޓަށް ވުރެ ބޮޑުކޮށްފައެވެ. އެ ފިޔަވަޅު އެޅީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ހަތަރު އަހަރުތެރޭ ފުރަތަމަ ފަހަރަށް ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް ދިއުމާ ގުޅިގެންނެވެ. ސީލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން ޕެޓްރޯލާއި ޑީސެލްގެ އަގު ލީޓަރަކަށް 22 ލަންކާ ރުޕީސް ބޮޑުކޮށްފައިވެއެވެ.

ސްރީލަންކާއިން 2022 ވަނަ އަހަރުގެ އިޤުތިޞާދީ ކާރިސާގައި ވެސް މި ކިއުއާރު ކޯޑް ނިޒާމު ބޭނުންކޮށްފައިވެއެވެ. މި ފިޔަވަޅުން ދައްކައިދެނީ ސްރީލަންކާ އަނެއްކާ ވެސް ކުއްލި ހާލަތުގެ ކޮންޓްރޯލްތަކަށް ރުޖޫޢަވާން ޖެހިފައިވާ ކަމެވެ.

ސީޕީސީން ބުނީ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، 35،000 މެޓްރިކް ޓަނުގެ ތެޔޮ ހިފައިގެން އަންނަ ބޯޓެއް މާދަމާ ބަނދަރުކުރާނެ ކަމަށާއި، އިތުރު ތިން ޝިޕްމެންޓެއް ވެސް ތާވަލުކުރެވިފައިވާ ކަމަށެވެ. ރާޖަކަރުނާ ވިދާޅުވީ ތާވަލުކުރެވިފައިވާ ހުރިހާ ޝިޕްމެންޓެއް ވެސް އަންނާނީ އިންޑިއާ އާއި ސިންގަޕޫރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.