ޣައްޒާއި ބޭއްވި ރޯދަވީއްލުން-
ހަބަރު
16 Mar 2026 | 09:55
ކުޑަހުވަދޫ ރައްޔިތުންގެ އެހީގައި ޣައްޒާގެ 1300 މީހުންނަށް ރޯދަވީއްލުން ދީފި

ދ. ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ހިންގި ޚާއްޞަ ހަރަކާތެއްގެ ދަށުން، ޣައްޒާގެ 1300 އެއްހާ ފަރާތަކަށް ރޯދަވީއްލުން ފޯރުކޮށްދީފިއެވެ.

"95" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކެމްޕޭނަކީ ޣައްޒާގެ މުސްލިމުންނަށް ރޯދަވީއްލުމުގެ ޕެކޭޖް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގުނު ކެމްޕޭނެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މާޗް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ ފަންޑްރެއިސިންގ އިވެންޓުން އެކަނިވެސް 1300 ފަރާތަކަށް ރޯދަވީއްލުން ދެވޭނެ މިންވަރަށް ފައިސާ އެއްކުރެވުނެވެ. އަދި މުޅި ކެމްޕޭނުން ޖުމްލަ 123,500 (އެއްލައްކަ ތޭވީސްހާސް ފަސްސަތޭކަ) ރުފިޔާ ވަނީ ފަންޑު ރެއިސް ކުރެވިފައެވެ. މި އެހީގެ ދަށުން މިހާރު ޣައްޒާގެ މުސްލިމުންނަށް ވަނީ ރޯދަވީއްލުން ފޯރުކޮށްދެވިފައެވެ.

ފަންޑްރެއިޒް ކުރަން ކުޑަހުވަދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން

މި އިންސާނީ އެހީގެ ހަރަކާތް ކުޑަހުވަދޫގައި ކުރިއަށް ގެންގޮސްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާ ގުޅިގެންނެވެ. ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާމާނުކަންބޮޑު ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗަށް ޖެހިފައިވާ މި ދަނޑިވަޅުގައި، ކުޑަހުވަދޫ ރައްޔިތުން ދެއްކި މި ދީލަތި އެހީތެރިކަމަކީ އެ ރަށުގެ ރައްޔިތުންނަކީ މިފަދަ އިސްލާމީ އަދި އިންސާނީ ކަންކަމުގައި ނަމޫނާ ބައެއްކަން ހާމަކޮށްދިން ކަމެކެވެ.

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދައްކަމުންދާ ސާބިތުކަމާއި ލޯބި، މި ހަރަކާތުންވެސް ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.