އެސްޓަން ވިލާ އަތުން ތިން ޕޮއިންޓް ލިބުނު މެޗަށްފަހު ޔުނައިޓެޑްގެ ދެ ކުޅުންތެރިއަކު ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.. ފޮޓޯ: ޕްރިމިއާ ލީގް
ކުޅިވަރު
16 Mar 2026 | 12:03
އެސްޓަން ވިލާ އަތުން މެންޗެސްޓަރ ޔުނައިޓެޑަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ އެސްޓަން ވިލާ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔަބުކޮށް ޗެމްޕިއަންސްލީގުން ޖާގައެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ އުއްމީދުތަށް އާކޮށްފިއެވެ.

މެޗަށް ނިކުތުމުގެ ކުރިން ލީގް ތާވަލްގައި ދެ ޓީމް ޕޮއިންޓްގެ ގޮތުން އޮތީ އެއްވަރެއްގައެވެ. ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ކުރީގައި އޮތީ ޔުނައިޓެޑެވެ. މި މެޗްގައި ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ ފަހު ހާފްގެ ކުޅުމުގެ ތެރޭގައެވެ. ޔުނައިޓެޑަށް ގޯލް ހުޅުވާލަދިނީ، 53 ވަނަ މިނެޓް ތެރޭގައި ކަސެމީރޯއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ލީޑް ނަގާފައިވަނިކޮށް އެސްޓަންވިލާގެ ބާކްލޭ ވަނީ 64 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ޔުނައިޓެޑަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، 71 ވަނަ މިނެޓް ތެރޭގައި، ކުންހާއެވެ. މެޗްގައި ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދިނީ، 81 ވަނަ މިނެޓް ތެރޭގައި ސެސްކޯއެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ވޭން ރޫނީ ވަނީ ކޯޗް ކެރިކަށް އޭނާގެ މަގާމް މިވަގުތަށް ދާއިމީ ކުރުްނ މުހިންމުކަން ފާހަގަކޮށްފައެވެ. ބީބީސީ ރޭޑިއޯއަށް ދިން އިންޓަރވިއެއްގައި ރޫނީ ބުނީ، މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމަށް އައްޔަނުކުރަން މިހާރު އެންމެ ހައްޤުކަން ބޮޑީ ކެރިކްކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެނިހެން މެޗްތަކަށް ބަލާއިރު، ސްޕާސް އާ ލިވަޕޫލް ބައްދަލުކުރިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.