08 Jul 2019 | 12:49
ބްރެޒިލްއަކީ އަދިވެސް ފުޓްބޯޅަ ދުނިޔޭގެ ގަދަ ބާރެއްކަން ކަށަވަރުކޮށްދީފި

ކޯޕާ އެމެރިކާ ކާމިޔާބުކޮށް ބްރެޒިލްއަކީ އަދިވެސް ފުޓްބޯޅަ ދުނިޔޭގެ ގަދަ ބާރެއްކަން ކަށަވަރު ކޮށްދީފިއެވެ.

މުބާރާތުގެ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ޕެރޫގެ މައްޗަށް ބްރެޒިލް ކާމިޔާބު ހޯދާފައިވާއިރު މެޗުގައި ބްރެޒިލްގެ ފަރާތުން ފެނުނު ގޯލުތައް ކާމިޔާބު ކޮށްދިނީ އެވަޓަން، ޖީސުސް، އަދި ރިޗާލިސަންއެވެ.

މެޗުގެ ކުރީކޮޅު ޕެރޫއިންވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާ ބްރެޒިލްގެ ޑިފެންސްއަށް ބާރުބޮޑު ކޮށްފައެވެ. ނަމަވެސް ބްރެޒިލް ވަނީ އެޓީމް އުފެއްދި ފުރަތަމަ ހަމަލާއާއެކު ގޯލެއް ޖަހާ ކުރި ހޯދާފައެވެ.

ޖޯޝާއެކު ކުޅެމުން ދިޔަ ޕެރޫއަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ އެއްވަރުކުރި ނަމަވެސް ޖީސުސްވަނީ ޕެރޫގެ ގޯލަށް ގިނައިރުތަކެއް ނުވަނީސް އިތުރު ގޯލެއް ކާމިޔާބުކޮށް އަނެއްކާވެސް ބްރެޒިލް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ޖީސުސްއަށް ދެވަނަ ރިނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމައި ގުޅިގެން މެޗުގެ ބާކީ އޮތް ވަގުތު އެޓީމް ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކީއެވެ.

ބްރެޒިލްގެ ފަހު ގޯލް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުމައި ގުޅުނު ރިޗާލިސަންއެވެ.

މިއީ 12 އަހަރަށްފަހު މި މުބާރާތް ބްރެޒިލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކޯޕާ އެމެރިކާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އުރުގުއޭއެވެ. އުރުގުއޭ މި މުބާރާތް 15 ފަހަރު ކާމިޔާބު ކޮށްފައިވާއިރު އާޖެންޓީނާވަނީ 14 ފަހަރު މިތަށި ހޯދާފައެވެ. މިއަހަރުގެ ކާމިޔާބާއެކު ބްރެޒިލްއަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 9 ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.