ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު އެމްބިޔުލާންސްއަށް ލަނީ-
ދުނިޔެ
17 Mar 2026 | 10:52
ކާބުލްގެ ހޮސްޕިޓަލަކަށް ޕާކިސްތާނުން ދިން ހަމަލާއެއްގައި 400 މީހުން މަރުވެފައިވާކަމަށް އަފްޣާނިސްތާނުން ބުނެފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނު ސިފައިން ދިން ވައިގެ ހަމަލާއެއްގައި 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ތުހުމަތުކޮށްފިއެވެ. ނަމަވެސް ޕާކިސްތާނުން މި ތުހުމަތުތައް ދޮގުކުރެއެވެ. 

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ޙަމްދުالله ފިޠުރަތު ވިދާޅުވި ގޮތުގައި، ކާބުލްގެ 'ޢުމަރު އެޑިކްޝަން ޓްރީޓްމަންޓް ހޮސްޕިޓަލް' އަށް މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން ގާތްގަނޑަކަށް 9 ޖަހާކަންހާއިރުއެވެ. 2,000 އެނދުގެ މި ހޮސްޕިޓަލަށް ދިން ހަމަލާގައި އިމާރާތުގެ ބޮޑު ބައެއް ސުންނާފަތިވެފައިވާ ކަމަށް އޭނާ އެކްސްގައި ބުނެފައިވެއެވެ.

"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 400 އަށް އަރާފައި. އަދި 250 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ،" ފިޠުރަތު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރެސްކިއު ޓީމުތަކުން މިހާރު ދަނީ އަލިފާން ކޮންޓްރޯލްކޮށް، އިމާރާތުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޕާކިސްތާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ވިދާޅުވީ، ކާބުލްގެ އެއްވެސް ހޮސްޕިޓަލަކަށް ހަމަލާދީފައި ނުވާނެ ކަމަށާއި، މިއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން ހަމަލާދީފައިވަނީ ކާބުލް އަދި ނަންގަހާރު ޕްރޮވިންސްގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި ޓެރަރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށެވެ.

މި ހާދިސާ ހިނގި ވަގުތު ހޮސްޕިޓަލުގައި ހުރި ސެކިއުރިޓީ ގާޑެއް ކަމަށްވާ އުމީދު ސްޓޭނިކްޒައި ބުނީ، ހަމަލާގެ ކުރިން ޖެޓްތަކެއް އުދުހޭ އަޑު އިވުނު ކަމަށެވެ.

"އަހަރެމެންގެ ވަށައިގެން އަސްކަރީ ޔުނިޓްތައް ތިބި. އެ ޔުނިޓްތަކުން ޖެޓަށް ހަމަލާދޭން ފެށުމުން، ޖެޓުން ބޮން އެޅީ. އޭގެ ފަހުން މުޅި ތަނުގައި އަލިފާން ރޯވި،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަރުވި އަދި ޒަޚަމްވި އެންމެންނަކީވެސް އާންމު ރައްޔިތުންނެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ބައިނަލްއަޤްވާމީ އުސޫލުތަކާ ޚިލާފު، އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ.

މި ހަމަލާ އައިސްފައިވަނީ ދެ ޤައުމުގެ ބޯޑަރު ސަރަޙައްދުގައި ހަމަލާ ބަދަލުކުރުންތައް އިތުރުވެ، ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްރަޙް ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ވަގުތެއްގައެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ ޕާކިސްތާނާ ދެކޮޅަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް ތާލިބާން ސަރުކާރުން މިކަން ދޮގުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.