ސްރީލަންކާއިން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

ސްރީލަންކާގެ ރައީސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުމަށް ދިމާވެދާނެ ދަތިތަކުން ރައްކާތެރިވުމުގެ ގޮތުން ސްރީލަންކާއިން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ހޯމަ ދުވަހު ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާއެކު ރައީސް ސަނާޔަކެ އަނޫރާ ކުމާރާ ބޭއްވި ކުއްލި ބައްދަލުވުމުގައި ވިދާޅުވީ ސްރީލަންކާ ހުންނަން ޖެހޭނީ ދިމާވެދާނެ އެންމެ ނުބައި ހާލަތައްވެސް ތައްޔާރު ވެގެންނެވެ.

އެގޮތުން، އޮފީސްތަކާއި އެހެނިހެން ތަންތަނަށް ކުރާންޖެހޭ ދަތުރުފަތުރުތައް މަދުކުރުމުގެ ގޮތުން ބުދަދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައު ހަމަޖައްސައި، ރަސްމީ މަސައްކަތުގެ ދުވަސް 4 ދުވަހަށް ވަނީ މަދުކޮށްފައެވެ.  

އޭޝިއާ ބައްރުން މިދިޔަ އަހަރު އެކެނި ވެސް ދުނިޔޭގެ 90% ތެޔޮ އެތެރެ ކޮށްފައިވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އޭޝިއާގެ ގިނަ ޤައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ސްރީލަންކާއިން ވަނީ ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގެ އިތުރުން، ތެޔޯ ކޯޓާއެއްވެސް ތައާރަފު ކޮށްފައެވެ. އެގޮތުން، އިންޖީނުލީ ސައިކަލުތަކުގައި ތެޔޮ ފާހެއް ހުންނަން ވާނެއެވެ.

މެދުއިރުމަތީގެ ހަނގުރާމަ ދިގުދައްމަލައިގެން ގޮސްފާނެ ކަމުގެ ބިރު ބޮޑުވެފައިވާކަން މާހިރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް