އެމްޑީޕީގެ އިސްވެރިން:ފޮޓޯ/ ސަން
ހަބަރު
17 Mar 2026 | 13:31
މެދުއިރުމަތީގެ ތެލުގެ ކާރިސާއާ ގުޅޭގޮތުން ސަރުކާރުގެ ހާމަކަން ކުޑަ: އެމްޑީޕީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެ، އޭގެ ސަބަބުން ދުނިޔޭގެ މަސްރަހަށާއި ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ސައްޙަ މައުލޫމާތު ސަރުކާރުން ފޯރުކޮށް ނުދޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ. 

މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ތެލުގެ ބާޒާރަށާއި ފަތުރުވެރިކަމަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައީސް ޑރ.މުހަޢްމަދު މުޢިއްޒު އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރިފަރެންޑަމެއް ބާއްވައި ބާރު ހޯދުންކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ ތެލާމެދު، "ކަންބޮޑުވާންޖެހޭނެ ކަމެއް ނެތް" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް ތެލުގެ އަގު 20 އިންސައްތަ ބޮޑުކޮށްފައިވާކަމަށެވެ. އަދި އޭގެ ފަހުން ތެލުގެ އެހީއަށް އެދި އިންޑިއާ ސަރުކާރުގައި ރާއްޖެއިން އާދޭސް ދަންނަވާފައިވުމަކީ ރައީސްގެ ވާހަކަފުޅުތަކުގެ އެއްވެސް ބުރަދަނެއް ނެތްކަން ހާމަވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ދަތި ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކާއި އެމްޑީޕީން ވަނީ އެ ގައުމަށް ޝުކުރު އަދާކޮށްފައެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ، އަވަށްޓެރި ގައުމުތަކުން ތެލުގެ މައްސަލައަށް ހައްލު ހޯދަން ސިޔާސަތުތައް އެކުލަވާލަމުންދާއިރު، ދިވެހި ސަަރުކާރުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާނުކޮށް، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ނުކުރާތީ ކަންބޮޑުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ކަންކަން އޮޅުވާލާ ސަރުކާރެއް ނޫން ކަމަށާއި، ބޭނުންވަނީ ކުރިމަތިވާ ގޮންޖެހުންތަކާ ސީދާ ކުރިމަތިލާނެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހަޢްމަދު މުޢިއްޒު ވަނީ މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ވަޒީރުންގެ ހާއްސް ކޮމިޓީއެއް އުފައްދާފައެވެ. އަދި މިދިޔަ ހަފްތާގައި އެ ކޮމިޓީން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ސުވާލުތަކައް ޖަވާބު ދީފައެވެ.

ކޮމެންޓް
ބަޗީ
އެމްޑީޕީއަކީ ގައުމަށް އެއްވެސް މަންފާހުރި ކަމެއް ކޮށްދެވިފާިނެތް ޕާޓީއެއް ކަމަށް ރައްޔިތުން ބުނަނީ ކީއްވެ؟
17 Mar 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.