އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓް
ދުނިޔެ
18 Mar 2026 | 11:34
އެމެރިކާއިން އީރާނަށް ހަމަލާދިނީ އިސްރާއިލުން ޕްރެޝަރުކޮށްގެން: އެމެރިކާގެ ކައުންޓާ ޓެރަރިޒަމް ޑިރެކްޓަރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސަށް ޓެރަރިޒަމްގެ ނުރައްކާތަކާ ގުޅޭ ގޮތުން ލަފާ ދޭ އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަޤާމުން އިސްތިއުފާ ދީފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ކެންޓް ވަނީ އިސްތިއުފާގެ ސިޓީ އާއްމުކޮށްފައެވެ.

އޭގައި ކެންޓް ބުނީ ކުރިއަށްދާ ހަނގުރާމައަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.

"އީރާނުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިއެއް ނުކުރޭ، އަދި މި ހަނގުރާމަ ފެށީ އިސްރާއީލާއި އެ ޖަމާޢަތުގެ ބާރުގަދަ އެމެރިކާގެ ލޮބީގެ ޕްރެޝަރަށް ކަން ސާފު" އޭނާ ބުންޏެވެ.

ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރެއިން އީރާނު ހަނގުރާމައާ ގުޅިގެން އިސްތިއުފާ ދިން ފުރަތަމަ ސީނިއާ އޮފިޝަލަކީ ކެންޓެވެ. އޭނާގެ ސިޓީގައި ބުނެފައި ވަނީ ޓްރަމްޕް ސަރުކާރުގެ ކުރީކޮޅު އިސްރާއީލުގެ އިސް އޮފިޝަލުންނާއި އެމެރިކާގެ ނޫސްވެރިކަމުގެ ދާއިރާގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކުން ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތު ހަލާކުކޮށް، އީރާނާ ދެކޮޅަށް ހަނގުރާމައަށް ހިތްވަރު ދިނުމުގެ ގޮތުން ދޮގު މަޢުލޫމާތު ފެތުރުމުގެ ކެމްޕެއިނެއް ހިންގި ކަމަށެވެ.

ކެންޓް ބުނީ 11 ފަހަރު ހަނގުރާމައިގެ މައިދާނަށް ނުކުތް ކުރީގެ ސިފައިންގެ މީހެއްގެ ހައިސިއްޔަތުންނާއި، "އިސްރާއީލު އުފެއްދި އެ ހަނގުރާމައެއްގައި" އަނބިމީހާ ޝެނޮން ގެއްލުނު ފިރިއެއްގެ ހައިސިއްޔަތުން، އެމެރިކާ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ހަނގުރާމައެއްގައި ޒުވާނުން ފޮނުވައިގެން މަރުވާން ދޫކޮށްލުމަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ބުނީ ކެންޓް އިސްތިއުފާ ދިނީ "ރަނގަޅަށް" ކަމަށާއި، އޭނާ އަކީ "ސެކިއުރިޓީ ކަންކަމުގައި ވަރަށް ބަލިކަށި" މީހެއް ކަމަށެވެ. "އީރާނަކީ ނުރައްކަލެއް ނޫނޭ ބުނާ މީހުން އަހަރެމެން ބޭނުމެއް ނޫން" ކަމަށާއި "އެއީ ވިސްނުންތެރި ބައެއް ނޫން" ކަމަށް ޓްރަމްޕް ބުންޏެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވެސް ކެންޓްގެ ވާހަކަތައް ދޮގުކޮށް، އީރާނުން ނުރައްކަލެއް ނެތް ކަމަށް ބުނި ބުނުމަށް ރައްދުދީ، އިސްރާއީލުން ޓްރަމްޕް ލައްވައި ހަނގުރާމަ ފެށީ ކަމަށް ބުނުމަކީ "މޮޔަކަމެއް ކަމަށާ އަދި ފުރައްސާރައެއް" ކަމަށް ބުންޏެވެ.

މި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 13 އެމެރިކާ ސިފައިން މަރުވެފައިވާ އިރު، އީރާނުން މަދުވެގެން 1،444 މީހުން، ގަލްފް ސަރަޙައްދުން 20 މީހުން، އަދި އިސްރާއީލުން މަދުވެގެން 15 މީހުން މަރުވެފައިވެއެވެ.

ކެންޓް އަކީ އެމެރިކާ ސިފައިންގެ ސްޕެޝަލް ފޯސަސްގެ ކުރީގެ ސިފައިންގެ މީހެކެވެ. އޭނާ ވަނީ 11 ފަހަރު ހަނގުރާމައިގެ މައިދާނަށް ފޮނުވައިފައެވެ. 2019 ވަނަ އަހަރު ޖެނުއަރީ މަހު ސީރިއާގެ މަންބިޖުގައި ދިން ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި ކެންޓްގެ އަނބިމީހާ ޝެނޮން މަރުވިއެވެ. ޓްރަމްޕް 2025 ވަނަ އަހަރު ފެބްރުއަރީ މަހު ކެންޓް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ކަމަށް ނޮމިނޭޓް ކުރި އިރު، ސެނެޓުން 52-44 ވޯޓުން ޖުލައި 2025 ގައި އޭނާ އެ މަޤާމަށް ކޮންފާމް ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.