ދޮށީ އުމުރުގެ މީހެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި

ފުލުހުންގެ އިދާރާ --

ދޮށީ އުމުރުގެ މީހެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުުހުން ބުނީ މިރިޔާސް މަގުން ހިނގާފައިދިޔަ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބޭ ލިބުނު ކަމަށެވެ. އެ ރިޕޯޓް ލިބުނީ މިރޭ 8:30 ހާއިރު އެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް