ދީން
20 Mar 2026 | 12:50
”ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ“

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ. 

ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ކޮންމެ ދުވަހަކީ މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށެވެ. އަދި އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، މާތް الله ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ، ވަގުތުގެ ނިޢުމަތް ކަމަށާ ކަމާ, ތިމާގެ ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ ކަމަށެވެ.

މާތް اللهއަށް ނިޔަތް ޚާލިޞްކޮށް ކިޔަމަންތެރިވުމުގައި އަހަރެމެން ހޭދަކުރަނީ ކިހައި ވަގުތެއްތޯ ހިސާބުކުރާންޖެހެއެވެ. އީމާންކަމުގެ ރުކުންތައް ހިތުގައި ކަށަވަރުވެފައިވޭތޯއާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރެވޭތޯ ކަށަވަރުކުރާންޖެހެއެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ފުރިހަމަކުރުމަށް ޙަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހެއެވެ. ޤުރްއާންކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ވެރީންނަށް އިޙުތިރާމުކޮށް ކިޔަމަންގަތުމާއި ގާތްތިމާގެމީހުންނަށް އެހީތެރިވެ، ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުން ފަދަ ދީނުގެ ކަންތައްތަކަށް ރައްކާތެރިވުމަށް ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލާން ޖެހެއެވެ. އަދި މާތް اللهއަށް އުރެދުމުގައި، ހަޔާތުން ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ވެސް ދެނެގަންނާން ޖެހެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އިންސާނާގެ ޙަޔާތުން މަދުވެ އޭނާގެ އަޖަލާ ގާތްކުރުވާ ކަމަށެވެ.  އެހެންކަމުން ޣާފިލުކަމުގެ ނިދީން ހޭލައި ހެޔޮ ޢަމަލުކުރުމަށް ވަނީ ނަޞޭހަތްތެރިވެފައެވެ.

މިއާއެކު ޚުތުބާގައި ބުނީ، ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ޙާލަތެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ކަމަށެވެ.

އޭގެތެރެއިން ފުރަތަމަ ޙާލަތަކީ: މަރު އައިސް އިންސާނާއާ ބައްދަލުކުރާ ޙާލަތެވެ. ދެވަނަ ޙާލަތަކީ: ޤިޔާމަތްދުވަހު اللهއަށް އުރެދުނު އިންސާނާ އެކަލާނގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނޭ ޙާލަތެވެ.

ޚުތުބާގައި ބުނެފައިވާގޮތުން، ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެކެވެ. އަދި ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެހެންކަމުން الله ދެއްވި ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރާން ވަނީ ނަޞޭހަތްތެރިވެފައެވެ.

”ހެޔޮގޮތުގައި ވަގުތު ހޭދަކުރާށެވެ! މަސައްކަތްތެރީން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވާށެވެ! އަދި ހަމައެހެންމެ ދަރިވަރުންވެސް ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ގަދައަޅައި މަސައްކަތްކުރާށެވެ! ފިލާވަޅުތައް ފަހަށް ނުބަހައްޓައި ދުވަހުން ދުވަހަށް ދަސްކޮށް މުޠާލިޢާކުރާށެވެ! ތަޢުލީމީ ޙަޔާތުގެ ކާމިޔާބުގެ އަލީގައި ދުންޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް އަވަހަށް މަސައްކަތް ފަށާށެވެ!“ ޚުތުބާގައި ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.