އިންޑިއާގެ ރުޕީސް
ދުނިޔެ
20 Mar 2026 | 14:29
އިންޑިއާގެ ފައިސާގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް؛ އެމެރިކާ ޑޮލަރަކަށް 93 ރޫޕީސް

އިންޑިއާގެ ފައިސާގެ އަގު އެ ގައުމުގެ ތާރީޚުގައި ވެސް ނުވެއްޓޭހާ ދަށަށް ހިގައްޖެއެވެ.

އެގޮތުން ބައިނަލްއަޤުވާމީ ބާޒާރުގައި އެމެރިކާ ޑޮލަރަކަށް ޖެހޭ ރޭޓް ފުރަތަމަ ފަހަރަށް 93 ރޫޕީސް އަށް ވުރެ މައްޗަށް އަރައި، ބާޒާރުގެ ބައެއް ވަގުތުތަކުގައި 93.28 އަށް ވެސް ރޫޕީސްގެ އަގު ވަނީ ވެއްޓިފައެވެ.

މި ބަދަލު އަންނަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ މެދުއިރުމަތީގައި، ހާއްސަކޮށް އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް އައި ލޮޅުމެވެ. ތެޔޮ އުފުލާ މައި މަގުތައް ބަންދުވެ، ސޫދު ތެލުގެ އަގު ފީފާއަކަށް 110 ޑޮލަރަށް ވުރެ މައްޗަށް އެރުމަކީ އިންޑިއާ ފަދަ ތެޔޮ އިމްޕޯޓްކުރާ ގައުމެއްގެ ފައިސާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މީގެ އިތުރުން، އިންޑިއާގެ ބާޒާރުން ބޭރުގެ އިންވެސްޓަރުން ގިނަ އަދަދަކަށް ފައިސާ ބޭރުކުރަމުންދިއުމަކީ ވެސް ރޫޕީސް ބަލިކަށިވާން ދިމާވި ސަބަބެކެވެ. މި މަހުގެ މިހާތަނަށް އެކަނިވެސް 9.8 ބިލިއަން ޑޮލަރު އިންވެސްޓަރުން ވަނީ އިންޑިއާގެ ބާޒާރުން ނެރެފައެވެ. މިއީ 2024 ވަނަ އަހަރުގެ ފަހުން އިންވެސްޓަރުން މިހާ ގިނަ އަދަދަކަށް ފައިސާ ބޭރުކުރި ފުރަތަމަ ފަހަރެވެ.

އިޤްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، ތެލުގެ އަގު މިގޮތަށް ހުރެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ރޫޕީސްގެ އަގު 95 އަށް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. އިންޑިއާގެ މަރުކަޒީ ބޭންކުން (އާރް.ބީ.އައި) ބޭރު ފައިސާގެ ރިޒާވުން ޑޮލަރު ވިއްކައިގެން ރޫޕީސްގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރި ނަމަވެސް، ދުނިޔޭގެ މަސްރަހު އޮތްގޮތުން ފައިސާގެ އަގު ދަނީ ހިފެހެއްޓުމެއް ނެތި ވެއްޓެމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަނާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން އިންޑިއާގެ އިޤްތިސާދަށް އޮތް ނުރައްކާ ވަނީ ބޮޑުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.