ރޭމަންޑް ގްރޫޕްގެ ސީއީއޯ ގޮތަމް ސިންގާނިއާ އޭނާ ދުއްވި ލޯންޗު / ފޮޓޯ؛ ރޭމަންޑް ގްރޫޕް
ހަބަރު
21 Mar 2026 | 15:13
”ލޯންޗު ބަންޑުން ޖަހާލިއިރު ދުއްވަން އިނީ ސިންގާނިއާ، އޭނާ ހުރީ މަސްތުގެ ޙާލަތުގައި“

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލުނު ހާދިސާ ހިނގިއިރު އެ ލޯންޗު ދުއްވަން އިނީ އިންޑިއާގެ މަހުޖަނު އަދި ރޭމަންޑް ގްރޫޕްގެ ވެރިޔާ ގޯތަމް ސިންގާނިއާ ކަމަށާ، އޭރު އޭނާ އިނީ މަސްތުގެ ޙާލަތުގައިކަން ހާމަވެއްޖެއެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެމުން މީގެ ކުރިން ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ހަތް މީހުން ދަތުރުކުރިއެވެ. އަދި ކަނޑަށް 5 މީހުން ވެއްޓުނު އިރު، މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާވެސް ދިނެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. 

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ވ. އަތޮޅު ކައުންސިންލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ، އެ ލޯންޗަކީ ސިނގިރެޓް ރޭސިން މަރުކާގެ ސްޕީޑް ލޯންޗެއް ކަމަށެވެ. 

އަދި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގޯތަމް ސިންގާނިއާ ހިމެނޭއިރު، އޭނާގެ މޫނަށާއި އަތަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. 

”އޭނާގެ ޒާތީ މައުލޫމާތުދޭން ދެކޮޅު ހެދި. އަދި ހޮސްޕިޓަލް ރެކޯޑްއަށްޓަކައި ސޮއި ކުރަންޖެހޭ މެޑިކަލް ރެކޯޑްސް ގައިވެސް ސޮއިކުރަން އޭނާ އިންކާރު ކުރި. އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ޙާލަތުގައި. ލޯންޗު ދުއްވަންވެސް އިނީ އޭނާ. ލޯންޗުގެ ސްޕީޑް ހުރީ ގަޑިއަކު 70 މޭލަށް “ ޝުޖާޢުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަތޮޅުތެރޭ ދުއްވާ ގަލްފް ކްރާފްޓުގެ ސްޕީޑް ލޯންޗެއް ވެސް އެންމެ ބާރަށް އާންމުކޮށް މި ދުއްވަނީ ގަޑިއަކު 42 މޭލަށެވެ. 

އިންޑިޔާގެ ނޫސްތަކުން ސިންގާނިއާގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓް ކުރާ ގޮތުން އޭނާ މިވަގުތު ހުރީ މުމްބާއިގައެވެ. އެ ސިޓީއަށް އޭނާ ދިޔައީ އިތުރު ފަރުވާ އަށެވެ. މީގެ އިތުރުން، ސިންގާނިއާ ރާއްޖެއަށް ގެނައި އޭނާގެ އަގުބޮޑު ޔޮޓްވެސް މިހާރު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ލޯންޗުން ގެއްލުނު މީހުންގެ ތެރޭގައި އިންޑިޔާގެ ރެލީ ޑްރައިވަރު ހަރީ ސިންގ ވެސް ހިމެނޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.