އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ ސަބްމެރިން އެޗް.އެމް.އެސް އެންސަން
ދުނިޔެ
22 Mar 2026 | 14:02
ޑިއޭގޯ ގާސިއާއަށް ހަމަލާދޭ ވާހަކަ ގަދަވެފައިވަނިކޮށް، އިނގިރޭސިންގެ ނިއުކްލިއާ ސަބްމެރިން އަރަބި ކަނޑަށް

އިނގިރޭސިވިލާތުގެ ނިއުކްލިއާ ބާރުގައި ދުވާ، އެންމެ ޒަމާނީ ސަބްމެރިން 'އެޗްއެމްއެސް އެންސަން' އަރަބި ކަނޑަށް ހިނގައްޖެ ކަމަށް އިނގިރޭސިވިލާތުގެ 'ޑެއިލީ މެއިލް' ނޫހުން ރިޕޯޓްކޮށްފިއެވެ.

އަސްކަރީ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މި ސަބްމެރިން މިހާރު އޮތީ އަރަބި ކަނޑުގެ އުތުރު ސަރަހައްދުގައި އިރާނަށް ހަމަލާދޭން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެކަމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މި ސަބްމެރިންއަކީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އަދި ގާތްގަނޑަކަށް 1،600 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުފަތްތަކަށް ހަމަލާދެވޭ 'ޓޮމަހޯކް' މަރުކާގެ ކްރޫޒް މިސައިލް ހަރުކޮށްފައިވާ އުޅަނދެކެވެ. 'ޑެއިލީ މެއިލް' އިން ފާހަގަކޮށްފައިވާ ގޮތުގައި، މި އުޅަނދު އަރަބި ކަނޑަށް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެއްޖެ ހާލަތެއްގައި އިރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރުސަތު އިނގިރޭސި އަސްކަރިއްޔާއަށް ފަހިކޮށްދިނުމެވެ.

މި އުޅަނދު ދަތުރު ފަށާފައިވަނީ މި މަހުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ޕާތުން ކަމަށްވާއިރު، މިއީ ގާތްގަނޑަކަށް 5،500 މޭލުގެ ދިގު ދަތުރެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ސަބްމެރިން ކޮންމެ 24 ގަޑިއިރަކުން އެއްފަހަރު ފެނުން މައްޗަށް އެރުމަށްފަހު އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒާ މުވާސަލާތީ ގުޅުން ބާއްވައެވެ. މިއީ އިރާނަށް ހަމަލާދޭން ޖެހިއްޖެ ހާލަތެއްގައި ބޮޑުވަޒީރު ކިއަރ ސްޓާމަރ ދެއްވާ އަމުރު ވަގުތުން ތަންފީޒު ކުރުމަށްޓަކައި ކުރާ ކަމެކެވެ.

އަރަބި ކަނޑަށް އިނގިރޭސިންގެ އެންމެބޮޑު ސަބްމެރިން ގގޮސްފައިމިވަނީ، އިރާނުން ދާދިފަހުން އިންޑިއާ ކަނޑުގައި އޮންނަ އިނގިރޭސި އަސްކަރީ މަރުކަޒު 'ޑިއޭގޯ ގާސިއާ' އަށް އަމާޒުކޮށް ހަމަލާދީފާނެ ކަމުގެ ވާހަކަތަކެއް ދެކެވިފައި ވަނިކޮށެވެ. މީގެ އިތުރުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް، ބައިނަލްއަގުވާމީ ތެޔޮ ސަޕްލައިއަށް އިރާނުން ހުރަސްއަޅަމުންދާތީ، އެމެރިކާއާއެކު ގުޅިގެން އިރާނުގެ މިސައިލް މަރުކަޒުތަކަށް ހަމަލާދިނުމަކީވެސް އިނގިރޭސިންގެ ސަބްމެރިން އެހިސާބަށް ދަތުރުކުރުމުގެ އެއް މަޤްސަދެވެ.

'އެސްޓިއުޓް ކްލާސް' ގެ މި ސަބްމެރިންއަކީ އިނގިރޭސި ކަނޑުގެ ސިފައިންގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަމަލާދޭ އުޅަނދެވެ. މިއީ ކަނޑުގެ އަޑީގައި އޮވެގެން ދުޝްމަނުންނަށް ނޭނގި، އެއްގަމުގައި ހުންނަ އަމާޒުފަތްތަކަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މި ސަބްމެރިން އަރަބި ކަނޑުގައި މަގާމު ހޯދުމަކީ، އިރާނަށް ދެވޭ ވަރުގަދަ އިންޒާރެއް ކަމަށް 'ޑެއިލީ މެއިލް' އިން ސިފަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.