ލިވަޕުލާ ދެކޮޅަށް ސްކޯ ކުރުމަށްފަހު ވެލްބެކް.. ފޮޓޯ: ބްރައިޓަން
ކުޅިވަރު
22 Mar 2026 | 11:23
ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލަށް ހާސްކަން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޕްރިމިއާ ލީގްގައި ބްރައިޓަން އާއި ލިވަޕޫލް ބައްދަލުކުރިމެޗުން، އެޓީމް ބަލިވީ، 2-1 ގެ ނަތީޖާއަކުންނެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނީވެސް ބްރައިޓަން އެވެ. އެއީ މެޗްގެ 14 ވަނަ މިނެޓް ތެރޭގައި ޑެނީ ވެލްބެކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ވެލްބެކް ލަނޑެއް ޖަހާފައިވަނިކޮށް ލިވަޕޫލްގެ ކަރކޭޒް ވަނީ 30 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ބްރައިޓަން މޮޅުކޮށްދިން ލަނޑު ވެލްބެކް ޖަހާފައިވަނީ، 56 ވަނަ މިނެޓް ތެރޭގައެވެ. މެޗްގައި ޖުމްލަ 11 ރީނދޫކާޑު ވަނީ ފެނިގެންގޮސްފައެވެ.

މެޗުން ލިވަޕޫލް ބަލިވުމާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސްލީގް ޖާގައެއް ހޯދުމަށް އެޓީމް ކުރަމުންގެންދާ މަސައްކަތްތަކަށް ވަނީ އިތުރު ހުރަސްތައް ކުރިމަތިވެފައެވެ. މިމެޗުން ތިން ޕޮއިންޓް ގެއްލުމުން އެޓީމް މިހާރު އޮތީ އެސްޓަންވިލާ ގެ ފަހަތުން ތާވަލްގެ ފަސް ވަނާގައެވެ.

ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު އެހެނިހެން މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، ޗެލްސީ އާއި އެވަޓަން ބައްދަލުކުރިމެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެވަޓަން އެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރިމެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ފްލަމް އާއި ބާންލީ ބައްދަލުކުރިމެޗް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްލަމް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Apr 2026
ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދެވޭނެ
އީރާނުން ސައުދީ އަރަބިއްޔާގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މެދުކެނޑުނު މަސައްކަތްތައް އަލުން ފަށައި، ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފިއެވެ.
15 Apr 2026
އީރާނުގެ ކަނޑުގެ ވިޔަފާރިތައް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި
އީރާނުގެ ބަނދަރުތައް އެމެރިކާގެ އަސްކަރިއްޔާއިން ބަންދުކޮށް، އެ ގައުމުގެ ކަނޑުގެ މަގުން ކުރާ ހުރިހާ ވިޔަފާރި މުއާމަލާތްތަކެއް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފިއެވެ.
14 Apr 2026
ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް ސިނާން އިއުލާނު ކޮށްފި
ސިނާން މިރޭ ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށެވެ. މެންބަރުންގެ ތާއީދަށް ވެސް އެދިފައިވެ އެވެ.
14 Apr 2026
އެމެރިކާއިން ހޮރްމޫޒް ބަންދުކޮށްފައި ވަނިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް
14 Apr 2026
ބަންޑާރަ ނާއިބަކީ އުޝާމް، ޑިފެންސާއި ފިޝަރީޒަށް ވަޒީރުން އައްޔަނުކުރާނެ
އެއީ ޑިފެންސް މިނިސްޓަރު ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރެވެ. އެ ދެ މަގާމަށް އައްޔަނު ކުރައްވާނީ ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވެ އެވެ.
14 Apr 2026
ވަޒީރުންގެ މަޖިލީސް 15އަށް ކުޑަކޮށް 12 ވަޒީރުން ހުވާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.
14 Apr 2026
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ކަމަށް ގީލާ އައްޔަނު ކުރައްވައިފި
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަޤާމަށް ގީލާ ޢަލީ އައްޔަންކުރައްވައިފި އެވެ.
14 Apr 2026
އާޓްސް، ކަލްޗާ އެންޑް ހެރިޖޭޓް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި
މިނިސްޓްރީ އޮފް އާޓްސް, ކަލްޗާ އެންޑް ހެރިޖޭޓްގެ މަގާމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި އެވެ.