ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަންއެއް... ވިކިމީޑިއާ
ދުނިޔެ
22 Mar 2026 | 13:44
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އަނެއްކާވެސް ސްރީލަންކާގެ ތެލުގެ އަގު އުފުލިއްޖެ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ސްރީލަންކާގެ ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އަލަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 317 ރުޕީސް އިން 398 ރުޕީސް އަށް އުފުލިފައެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ ގިނައިން ބޭނުންކުރާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 303 ރުޕީސް އިން 382 ރުޕީސް އަށް ބޮޑުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 25 އިންސައްތައިގެ ބޮޑުވުމެކެވެ.

މި ނިންމުމާ ގުޅިގެން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ވަނީ، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ގޮސްފާނެ ކަމަށް ތައްޔާރުވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. ޚާއްސަކޮށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެޔޮ ލިބުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ތެޔޮ ބޭނުންކުރާ މިންވަރު 15 އިންސައްތަ އާއި 20 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށްކުރުމަށް ލަންކާ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ތެލުގެ އަގަށް އައި މި ބަދަލާއެކު، ލަންކާގެ އަމިއްލަ ބަސް ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުން ވަނީ ޚިދުމަތް މެދުކަނޑާލާފައެވެ. ބަސް އޯނަރުން ބުނާ ގޮތުގައި ތެލުގެ އަގު މިހާ ބޮޑުވުމުން މިހާރު ހުރި އަގުތަކުގައި ދަތުރުތައް ކުރުމަކީ ލިބޭ ބޮޑު ގެއްލުމެކެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ.

ސަރުކާރުން މިހާރު ވަނީ ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި، ވީވަރަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބާރުއަޅަން ފަށާފައެވެ. 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މި ހަނގުރާމައިގެ ސަބަބުން ލަންކާގެ އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.