ހައުސިން މިނިސްޓަރު މުއްތަލިބް.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Mar 2026 | 12:24
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް ސަރުކާރު އޮތީ ކޮންޓްރެކްޓަރުންނާއެކު: މުއްތަލިބް

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް ސަރުކާރު އޮތީ ކޮންޓްރެކްޓަރުންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށްކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ "ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢު" ގެ ތެރެއިން 1،224 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން އޮތީ ކޮންޓްރެކްޓަރުންނަށް ލުއިތައް ދީގެން އެމީހުންނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށްކަމަށެވެ.

ޑރ.މުއްތަލިބް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތްތައް ކުރުމަށް ބޭންކުތަކަށާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ކިބައިން އެދޭކަމަށާއި ސަރުކާރުން މިކަމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންގެންދާނޭކަމަށެވެ.

މިރޭ އަޅުގަނޑު ބޭންކުތަކަށާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ކިބައިން މިއެދެނީ މިކަމުގައި ސަރުކާރާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް. ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް ދަންނަވާލަން އޮތީ ސަރުކާރު މިއޮތީ ތިބޭފުޅުންނާއެކު މަސައްކަތްކުރަން ތައްޔާރަށޭ. ސަރުކާރު އޮތީ މިކަމުގައި ދެވެން އޮތް އެހީތެރިކަމާއި ލުއިތަކެއް ދީގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ތައްޔާރަށޭ

ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި، ބަޖެޓުން ރައްޔިތުންގެ މުހުތާދުތައް ފިލުވައިދެވޭނެ ފަދައެއް ނެތްއިރު، ބޭރުން ލޯނު ލިބުންވެސް އޮތީ ނުހަނު ދަތިވެފައިކަމަށެވެ. ނަމަވެސް ތަފާތު ވިސްނުންތައް ވިސްނައި އެންމެފަހުން ވިސްނުމަކުން އުފެދިގެން އައި ހައްލެއްގެ ތެރެއިން ތަފާތު މޮޑަލްއެއްގެ ދަށުން ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް މަސައްކަތް ފެށިގެންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އެންމެފުރަތަމަ ފެށި ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފެށިގެންދިޔައިރު، މިހާރު ބީއެމްއެލް ވެފައިވަނީ ޝެއަރ ހޯލްޑަރުންނަށް ފައިދާ ހޯދައިދޭ ތަނެއްގެ އިތުރުން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގައި ސަރުކާރަށް އެންމެ ބޮޑު އެއްބާރުލުންދޭ އެއް ބައިވެރިޔާއަށް ކަމަށް މިނިސްޓަރު މުއްތަލިބް ރޭ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް ބީއެމްއެލް މެދުވެރިކޮށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން ބޯހިޔާވަހިކަން ހޯދުމަށް ފްލެޓްތައް ގަތުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. 

ރޭ ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅާފައިވަނީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބިނާކުރާ، 3،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ 1،224 ޔުނިޓެވެ. މި ޔުނިޓްތައް ތަރައްޤީކުރަނީ ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައެވެ. އެތަނުގެ މަސައްކަތް ކުރިއަށްގެންދަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.