ސަރަނގު އާދަމް މަނިކު ރައީސްގެ އަރިހުގައި
ހަބަރު
22 Mar 2026 | 19:20
އެމްޑީޕީގައި މިހާރު އިސްކޮށް ތިބީ ދަލުބޭރުން ޖެހިގެން އުޅޭ ބައެއް: ސަރަނގު

އެމްޑީޕީ މިހާރު ނެތް ކަމަށް ވިދާޅުވެ އެ ޕާޓީގައި މިހާރު އިސްކޮށް ތިބީ ދަލުބޭރުން ޖެހިގެން އުޅޭ ބައެއް ކަމަށް އެ ޕާޓީގައި އިސްކޮށް އުޅުއްވި ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު އޮތްކަން ހާމަ ކުރައްވާ މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.

އާދަމް މަނިކު ވަނީ އެމްޑީޕީގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޚާއްސަކޮށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އާދަމް މަނިކު ވިދާޅުވީ މިހާރު އޮތީ ހަގީގީ އެމްޑީޕީ ނޫން ކަމަށެވެ. އަދި އެމްޑީޕީ މިހާރު ވެފައިވަނީ އެ ޕާޓީ އެ ޕާޓީއަށް ހެދި މެންބަރުންގެ މަތީން ހަނދާން ނައްތާލާފައިވާ ޕާޓީއަކަށް ކަމަށެވެ.

"އެ ޕާޓީގެ [އެމްޑީޕީގެ] އިސް ސަފުން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ 'ދަލުބޭރުން ޖެހިގެން އުޅޭ' ބައެއް. ކޮބައިތޯ ޑީއާރްޕީއަށް ނިސްބަތް ނުވާ މީހަކު ދައްކަވަބައްލަވާ އިސް ސަފުން. އެހެންވީމަ އެއީ އެމްޑީޕީއެއް ނޫނޭ. މިހާރު އަޅުގަނޑުމެންގެ ބަހެއް ނުވިކޭނެއޭ. އަޅުގަނޑުމެން އެމްޑީޕީ އެއްޗަކަށް ހެދީމަ އެ ހަނދާނެއް ނެތޭ މިހާރު. އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިހާރު އެ ތިބީ. އަބްދުﷲ ޝާހިދަކީ ކާކުތޯ؟ ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟," އާދަމް މަނިކު ސުވާލު ކުރެއްވި އެވެ.

އޭނާ ވަނީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރަން ނިންމި ސަބަބުތައް ވެސް ނޫސްވެރީންނަށް ތަފްސީލު ކޮށް ދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.