ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Mar 2026 | 16:02
ހުޅުމާލޭގައި ބިނާކުރާ، ޤައުމީ ސްޓޭޑިއަމްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށަނީ

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށގެންދާނޭކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުޓްބޯޅަ ސްޓޭޑިއަމެއް ބިނާކުރުމަކީ ވަރަށް ބޮޑު ބަޖެޓެއް ލިބިގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، ސްޓޭޑިއަމް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. 

ސަރުކާރުން ނިންމާފައިވަނީ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް ގަލޮޅު ދަނޑުހުރިތަނުގެ ބަދަލުގައި ހުޅުމާލެ ފޭސް އެކެއްގައި ބިނާކުރާށެވެ. މިނިސްޓަރު ވިދާޅުވީ ދަނޑު ބިނާކުރުމާ ގުޅޭގޮތުން ޗައިނާ އަދި ސައުދީގެ ކަމާބެހޭ ފަރާތްތަކާއެު މުއާމަލާތް ކުރަމުންގެންދާކަމަށެވެ. މިހާރު ވާހަކަތައް ކުރިއަށްދާގޮތުން ނަމަ ކަރުދާހުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ގަލޮޅު ދަނޑު ފެނިގެންދާނީ ކުޅިވަރުތައް ކުޅެވޭނޭފަދަ ތަނެއްގެ ގޮތުގައެވެ. ގަލޮޅު ދަނޑު ވަރަށްބޮޑަށް ބާވެފައިވާއިރު ވެމްކޯއާ ގުޅިގެން އެތަން ތަޅާލުމުގެ މަސައްްކަތް ވަރަށް އަވަހަށް ފެށިގެންދާނޭކަމަށްވެސް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

ވެމްކޯއާ ވާހަކަ ދެކެވިގެން އެބަދޭ، އެބޭފުޅުން އެކަން ކޮށްދެއްވާ ގޮތަށް ތިބީ. އެހެންވީމަ އިރާދަކުރެއްވިއްޔާ ދާދިއަވަހަށް އަޅުގަނޑުމެން މީ އެ ވީރާނާ އެންމެ ބޮޑަށް ވެފަ އޮތް ހިސާބު އަޅުގަނޑުމެން މީ ޑިމޮލިޝް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނެ

މިނިސްޓަރު ރާފިއު

މިދިޔަ ސަރުކާރުގެ ދުވަސްވަރުވެސް ގަލޮޅު ދަނޑުހުރިތަނުގައި އާ ސްޓޭޑިއަމެއް އެޅުމުގެ ވާހަކަދެކެވުނެވެ. އެގޮތުން ގަލޮޅު ދަނޑުގައި އެޅުމަށް ނިންމި އާ ސްޓޭޑިއަމްގެ ކުރެހުންތައްވެސް މިދިޔަ ވެރިކަމުގައި އޭރު ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދައްކާލާފައެވެ. 

އޭރު މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވަނީ ގަލޮޅު ދަނޑު ހުރިތަނުގައި އާ ސްޓޭޑިއަމެއް އެޅުމަށް ނިންމާފައިވަނީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ބަޖެޓު ކުރެވިގެން ކަމަށެވެ. ކުރީ ސަރުކާރުން އޭރު ބުނެފައިވަނީ އާ ސްޓޭޑިއަމް ހެދުމަށް 42 މިލިއަން ޑޮލަރު އިންޑިއާގެ އެހީގައި ހަމަޖެހިފައިވާކަމަށެވެ.

މިދިޔަ ސަރުކާރުގައި ގަލޮޅު ދަނޑުގައި އެޅުމަށް ނިންމި ސްޓޭޑިއަމްގެ ކުރެހުމެއް

ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭގައި ބިނާކުރުމަށް ނިންމާފައިވާކަން މި ސަރުކާރުން ހާމަކުރީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ޕަބްލިކް ސާވިސް މީޑިއާ އާ ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ، ގަލޮޅު ދަނޑަކީ ރާއްޖޭގެ ތާރީޚާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނެއް ކަމަށެވެ.

އެހެން ނަމަވެސް، އެތަނަކީ ބައިނަލްއަޤުވާމީ ސްޓޭޑިއަމް އެއްގެ ސިފައިގައި ގާއިމް ކުރަން އެންމެ އެދެވޭ ތަން ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ޤައުމީ ސްޓޭޑިއަމް ހުޅުމާލެ ފޭސް އެކަކަށް ބަދަލުކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.