މާލެ ޓެކްސީ ފަށަން ކާރުތައް ގެންނަން ފެށުން --
ހަބަރު
24 Mar 2026 | 17:52
މާލެ ޓެކްސީ ފަށަން ކާރުތައް ގެންނަން ފަށައިފި، ޖާގަ ތަނަވަސް ރީތި ކާރުތަކެއް

ސަރުކާރުން އަލަށް ތައާރަފު ކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފަށަން ކާރުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.

މާލެ ޓެކްސީ ހިދުމަތްދޭ އެމްޓީސީސީން މިއަދު ބުނީ ކާރުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ކްލިއާ ކުރުމުގެ މަސައްކަތް ހުޅުމާލެ ބަނދަރުގައި ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރަމުންދާ ގޮތް ބައްލަވާލެއްވުމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

ފުރަތަމަ ޝިޕްމަންޓްގައި 60 ކާރު ވަނީ ގެނެސްފަ އެވެ. ގެނެސްފައިވަނީ ޖާގަ ވަރަށް ތަނަވަސް ރީތި ކާރުތަކެކެވެ.

މާލެ ޓެކްސީ ފަށަން ކާރުތައް ގެންނަން ފެށުން -- 

ޓެކްސީ ލައިނަށް ދެ ބުރެއްގެ މަތީން 150 ކާރު ގެންނަން ވަނީ ހަމަޖެހިފަ އެވެ. އެމްޓީސީސީން ބުނީ ދެވަނަ ޝިޕްމަންޓްގައި 90 ކާރު ގެންނާނެ ކަމަށެވެ. އެ ކާރުތައް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހު ޓެކްސީލައިންގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މާލެ ޓެކްސީ ފަށަން ކާރުތައް ގެންނަން ފެށުން -- 

މާލެ ޓެކްސީގެ ހޮޓްލައިން އަކީ 1655 ކަމުގައި ހަމަޖައްސާ އެކަން ވެސް އެމްޓީސީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

މާލޭގައި ޓެކްސީތައް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ފަށާ މި ހިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކެކެވެ.  

ކޮމެންޓް
އިބްރަހިމް. 24 މާރޗު 2026 19:46
ތިޔަކަރުގެއަގު މިތިބަ އަމިއްލައަށްއަގުހަދާލާއިންތިބިކާރުދުއްވާމީހުންގެ އަގަށްވުރެ އަގުކުޑަވާނެކަމަށް أميد ކުރަނީ، ފޭސްޓޫއިން. ފޭސްވަންނަށް 5މިނުޓުން ދެވޭހާކާރިއަށްވެސް ގޮސްދެނީ 40ރ އަށް ވ އިންސާފެއްނެތް 19:52
24 Mar 2026
އާސިމް
ރައްޔަތުންނާ ގުޅިލާމެހިފައިވާ އިންތިހާއަށް ބޭނުންޖެހިފައިވާ މުހިންމު ކަންކަން ގޮންޖެހުންތަކުގެ ތެރެއިން ތަންފީޒް ކުރުމަކީ ހިތާނުރުހުނަސް ޙަގީގީ ހިތާރުންކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫން. ސާބަހޭ 👏👏
24 Mar 2026
ގުނބޯ
ތި ހުރިހާ ކާރެއްވެސް ރަޖިސްޓްރީ ކުރާނީ ގަރާޖު ދައްކާފަ ދޯ؟
25 Mar 2026
ގުޅޭ ލިޔުންތައް
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.