ދިޔާނާ ސަޢީދު
ހަބަރު
25 Mar 2026 | 10:58
ހެއްކާއެކު ދިޔާނާ ހާމަކޮށްދެއްވީ އެމްޑީޕީގެ ދެ ރައީސުންވެސް ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް އާނއެކޭ ވިދާޅުވިކަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ތާއީދު ކުރެއްވި ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ. 

ދިޔާނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓާއި، ތިން އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވައި ރައީސް ޞާލިޙް ވާހަކަދެއްކެވިކަން ހާމަވާ ޚަބަރުގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. 

އެގޮތުން ރައީސް ނަޝީދު މި އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

އަދި 2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން، ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ. ނޮޅިވަރަމްގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސް ޞާލިޙް ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެރަށުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އޭރު އޮތް އެމަނިކުފާނުގެ ސަރުކާރުން ބައެއް ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވެފައި ހުރެދާނެ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުން ކަމަށެވެ. އަދި އެ ތިން އިންތިހާބު އެއް ދުވަހެއްގައި, އެއްވަގުތެއްގައި ބޭއްވުމުގެ މަސައްކަތްކޮށް، ހުރިހާ އިންތިހާބެއް އެކީގައި ބޭއްވިއްޖެނަމަ ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭރު ރައީސް ޞާލިޙް އެފަދައިން ވިދާޅުވި ނަމަވެސް މިހާރު އެމަނިކުފާނާއި އެމްޑީޕީވެސް އަންނަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އަދި އެކަމަށް ނޫނެކޭ ބުނުމަށްވެސް އަންނަނީ ގޮވާލައްވަމުންނެވެ.

ކޮމެންޓް
އިއްބެ
ދިޔާނާ އާއި ޖާބިރުގެ ސިޔާސީ ވިސްނުން ހުންނަނީ އަބަދު އެއްގޮތަކަށްތޯ ؟ ވިސްނުން ބަދަލުވުމަކީ މައްސަލައެއްނޫން.
25 Mar 2026
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.