ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގައި ހުރި ރެފިއުޖީ ކޭމްޕްއަށް އިސްރާއީލުން ދިން ހަމަލާ؛ ފޮޓޯ / ޓީ.އާރް.ޓި ވޯލްޑް
ދުނިޔެ
26 Mar 2026 | 11:01
ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ވަރުގަދަ ހަމަލާއެއް ދީފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދިޔަ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 3 ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަލާ އަމާޒުވީ އެއްވެސް ކުށެއް ނެތް އާންމުން ދިރިއުޅެމުންދިޔަ ސަރަހައްދަކަށެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން "ސުލްހައިގެ އެއްބަސްވުމެއް" އޮތް ކަމަށް ބުނި ނަމަވެސް، އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 680 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކުރެވެއެވެ.

އިސްރާއީލުން ދީރުލް ބަލަހްގައި ހުރި ރެފިއުޖީ ކޭމްޕްއަށް ދިން ހަމަލާގެ ވީޑިއޯ

ދީރުލް ބަލަހްގެ މި ކޭމްޕަށް ދިން ހަމަލާއާއެކު އެ ސަރަހައްދުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ފޭލިގެތައް އަނދައި އަޅިއަށްވެފައިވާ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އިސްރާއީލުން މިފަދަ ހަމަލާތައް ތަކުރާރުކުރަމުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފިއްތުންތަކަށް ބެލުމެއް ނެތިއެވެ. ޣައްޒާގެ ގިނަ ސަރަހައްދުތަކެއް މިހާރު ވަނީ ސުންނާފަތިވެފައިވާއިރު، އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ