ހެލްތު މިނިސްޓަރު ނާޒިމް
ހަބަރު
26 Mar 2026 | 13:15
ފީޑިން ޓިޔުބް ލިބުން ލަސްވެ، ޙާލު ދެރަވެގެން ކުއްޖަކު ނިޔާވި މައްސަލަ ބަލަން ފަށައިފި

ކާންދޭން ބޭނުންކުރާ ފީޑިން ޓިޔުބް ލިބުން ލަސްވެ، ހާލު ދެރަވެގެން އިއްޔެ ނިޔާވި މ. ޗީޒް، އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.

އަޛާން އަކީ "ސެރެބްރަލް ޕަލްސީ" ބަލި ތަހައްމަލު ކުރަމުންދިޔަ ކުއްޖެކެވެ. އޭނާއަށް ކާންބޯން ދެނީ ބަނޑަށް ލައްވާފައިވާ ޕެގް ޓިއުބެއް މެދުވެރިކޮށެވެ.

އަޛާންގެ މަންމަ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ޕެގް ޓިއުބަކަށް އޯޑަރު ދީފައިވީ ނަމަވެސް، އަށް މަސް ދުވަސް ވެގެންދިޔައިރުވެސް އެ ލިބިފައެއް ނުވެއެވެ.

އަދި އެސްޓީއޯ ހުޅުމާލެ ފާމަސީއަށް އެތައް ފަހަރަކު ގޮސް، އެންސްޕާއިން އެކަން އެޕްރޫވް ނުކުރާކަމުގެ ޖަވާބު ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

"މިއީ މި ކުއްޖާގެ ކެއިންބުއިން އެތެރެވާ ހަމައެކަނި މަގު. އެސްޓީއޯއިން މިހާ ދުވަސްވީއިރު މި ޖަވާބު ނުދެވި އޮތީ ކީއްވެގެންތޯ؟ އަދި އެންސްޕާއިން މިއީ އެޕްރޫވް ނުކޮށްދެވޭނެ އެއްޗަކަށް ވާންޖެހޭ ސަބަބަކީ ކޮބައިތޯ؟" ސުވާލު އުފައްދަމުން އަޛާންގެ މަންމަ ލިޔެފައިވެއެވެ.

އަޛާން ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އައު ޕެގް ޓިއުބް ލިބުނުއިރު އަޛާންގެ ހާލު މާބޮޑަށް ގޯސްވެފައިވުމުގެ ސަބަބުން އެ ލެއްވޭގޮތް ނުވީއެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ފާޑުކިޔުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.